ފްލައިމީން ރިސޯޓުތަކަށް ސީޕްލޭންގެ ޚިދުމަތް ފަށަނީ

ފްލައި މީއިން ރިސޯޓުތަކަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ފްލައިމީން މިކަން ހާމަކުރީ ފްލައިމީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްޤީ ކުރަމުންދާ އާ ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ނިމުމުން އެ އެއާލައިންގެ ފަރާތުން ރާއްޖޭގެ ރިސޯޓުތަކަށް ސީޕްލޭންގެ ދަތުރުތައް ފަށާނެއެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސީޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ފްލައިމީން ވަނީ ޓްވިން އޮޓަރ 300 މަރުކާގެ ހަތަރު ސީޕްލޭން ގެންނަން ނިންމާފައެވެ.

އެ ޕޯސްޓާއެކު ފްލައިމީން އެ ދަތުރުތައް ފެށުމުން ބޭނުންކުރާނެ ސީޕްލޭން ދައްކުވައިދޭ ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯއިން ދައްކުވައިދޭ ގޮތުގައި ފްލައިމީގެ ސީޕްލޭންގެ ލިވަރީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުން އެންމެ އާންމުކޮށް ފެންނަ އެއް ކަނޑު މަހުގެ ބާވަތް ކަމަށްވާ ކަންނެއްޔެއްގެ ސިފަ ރަމްޒުކޮށްދޭ ގޮތަށެވެ.

Flyme is planning to offer seaplane services to the resorts following completion of new seaplane base at VIA. Introducing the flying Yellowfin Tuna. . . #Flymemv #seaplanes #twinotter #indigenousfishes

Posted by Villa Air Flyme on Thursday, 13 June 2019

ފްލައިމީން ސީޕްލޭންގެ ޚިދުމަތްތައް އަވަސް މުސްތަޤްބަލެއްގައި ފަށާނެ ކަމަށް ބުނެފައިވާއިރު، މޯލްޑިވިއަންއާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ދަނީ ފުޅާ ދާއިރާއެއްގައި އެ ޚިދުމަތް ދެމުންނެވެ. އޭގެ ތެރެއިން ޓީއެމްއޭއަކީ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮންނަ އެއާލައިންއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...