ޖޭއެސްސީގެ ފަސް މެންބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން ހުށަހެޅި މައްސަލަ ދަނީ ބަލަމުން – ފުލުހުން

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ ގެ ފަަސް މެންބަރަކާއި ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހަޅާފައި ވަނީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީގެ ފަސް މެންބަރެއްގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އަދުލްއިންސާފު ގާއިމް ކުރުމަށް އެ މެންބަރުން ހުރަސް އެޅިކަމަށް ވިދާޅުވެއެވެ.
ފަނޑިޔާރު ދީދީ މައްސަލަ ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހު މެންބަރުންގެ ފަރާތުންއިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން އިންނަވާ ޑރ.އަލީ ޝަމީމްގެ މައްސަލައެވެ.
މިފަސް ބޭފުޅުންނަކީ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ނެރުއްވި އަމުރު ގަބޫލު ނުކުރާނެ ކަން އިއުލާން ކުރުމަށް ޖޭއެސްސީގައި ވޯޓް ދެއްވި ބޭފުޅުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ނިންމީ ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 08 މެންބަރުންގެ ތެރެއިން ރިޔާސަތު ފިޔަވައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 07 މެންބަރުންގެ ތެރެއިން 05 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...