ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވާން މަޖިލީހުގެ ކޮމެޓީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ ޤާނޫނާއި އެއްގޮތައް ކަމަށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަލް ކޮމެޓީން ފާސްކޮށްފިއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަށް އަމަލުކުރުން ފަަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ގަބޫލުނުކޮށް، ޖޭއެސްސީގެ ނިންމުމަށް ތާއިދު ކުރުމަށް ފާސްކޮށްފައި ވަނީ ރޭ ބޭއްވި މަޖިލީހުގެ ޖުޑީޝަލް ކޮމެޓީން ބައްދަލުވުމުގައެވެ.
މަޖިލީހުގެ ކޮމިޓީން ވަނީ  ސުޕްރީމް ކޯޓުން ޖޭއެސްސީގެ ގާނޫނީ އިހުތިސާސްތަކުގެ ތެރެއަށް ވެދެ އެ ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ހުރަސްތަކެއް ކުރިމަތި ކުރުވާފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމަވާފައި ވަނީ އެކޮމިޝަނަށް ލިބިގެންވާ ބާރުގެ ތެރެއިން ކަމަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް ހުށަހަޅަން ނިންމާފަފައެވެ.
އަދި ދައުލަތުގެ އެހެންބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސްކުރުމަށް މަޖިލީހުން ފާސްކުރުމަށް ވެސް ޖުޑިޝަރީ ކޮމެޓީން ވަނީ ނިންމާފައެވެ.
ޖުޑީޝަލް ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ އެ ބައްދަލުވުގައި ބައިވެރިވަޑައިގެންނެވި ހަ މެންބަރުުންގެ ތެރެއިިން 5 މެންބަރުންގެ ވޯޓާއެކުއެވެ. އެހެން ނަމަވެސް އެ ވޯޓްގައި ބައިވެރިވެ ނުލައްވާ އެ ނިންމުމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުޞައިން ވަނީ ވާހަކަ ދައްކަވާފައެވެ.
އަލީ ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުން ވިޔަސް އަދި ޖޭއެސްސީން ވިޔަސް، ގާނޫނާ ޚިލާފަށް ކަމެއް ކުރާ ކަމަށް މަޖިލީހަށް ގަބޫލުކުރެވޭ ނަމަ އޮންނަ އުސޫލުތަކުގެ ތެރެއިން ފިޔަވަޅު އަޅައި މަގާމުން ދުރުކުރެވިދާނެ ކަމަށާއި، އެހެން ނަމަވެސް އެ މުއައްސަސާތަކުން ނިންމާ ނިންމުމެއް ގާނޫނާ ޚިލާފުތޯ ނުވަތަ ނޫންތޯ މާނަކޮށް ގޮތެއް ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެން ނުވާ ކަމަށެވެ.
ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ޖޭއެސްސީން ސުޕްރީމް ކޯޓުގެ އަމުރު ގަބޫލުނުކޮށް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮތް ކަމަށް ބުނެފަ އެވެ. ޖޭއެސްސީން އެހެން ބުނި ނަމަވެސް ފަނޑިޔާރު ދީދީ އަދިވެސް ވާޒީފާއަށް ނުކުމެވަޑައިގަންނަވާއިރު އޭނާ ބައްދަލަވާ މައްސަލައެއްގެ ޝަރީއަތް ވެސް ވަނީ ތާވަލުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...