މި ސަރަހައްދުގެ އެންމެ ވަރުގަދަ ފިޒިއޮތެރަޕީ ސެޓަޕް ދަރުމަވަންތައިގައި - ހުރިހާ ޝުކުރެއް ރައީސް ޔާމިންއަށް

- ރައީސް ޔާމީން -

ހޮހަޅައެއްގެ ސިފައިން ހަޖޫޖެހި ހޮސްޕިޓަލް، ސަރަހައްދީ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ވަރުގަދަ ފިޒިއޮތެރަޕީ ސެޓަޕަށް- ގިނަ ބައެއްގެ ހިފެހެއްޓުމެއްނެތް ތައުރީފު ރައީސް ޔާމީނަށް އޮހެންފަށައިފިއެވެ.

ފާއިތުވި ސަރުކާރުން ހިންގި ބިޔަ މަޝްރޫޢުތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ އެންމެ އުންމީދާ ގުޅިފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތަކީ ފާހަގަ ކުރެވުނު މަސައްކަތެކެވެ. އެތައް ރައްޔިތުންނެއްގެ ފޮނި އުންމީދުތަކާ ގުޅިފައިވާ ހޮސްޕިޓަލެކެވެ.

އެތަނެއްގެ ތެރެއިން މީގެ ކުރިން ސިއްހީ ނިޒާމުގެ ތެރެއިން ނުލިބޭފަދަ ހިދުމަތްތަކެއް ހޯދުމުގެ ފޮނި އުންމީދު ރައްޔިތުން ކުރިއެވެ. ފާއިތުވި އަހަރުގެ ތެރޭގައި ވަކި ދުވަހެއް ހާމަ ނުކުރިކަމުގައިވިޔަސް ދަރުމަވަންތަ ހޮސްޕިޓަލު ހުޅުވުމަށްޓަކައި އޭރުގެ ސަރުކާރުން ގިނަ މަސައްކަތެއް ކޮށްފައިވެއެވެ.

އެހެންނަމަވެސް ސަރުކާރު ބަދަލުވުމާއެކު ސިއްހީ ނިޒާމަށް އަދި ވަކިން ހާއްސަ ކޮށް ދަރުމަވަންތަ ހޮސްޕިޓަލާއި އައްޑޫ ޓާރޝަރީ ހޮސްޕިޓަލުގެ ވާހަކަ މުޅިންހެން އޮބުނެވެ. ރައްޔިތުންގެ ހިތްތަކުން އެ ވާހަކަތައް ފޮހެވިގެންދާން ފެށިއެވެ. ވާނީވެސް އެހެންނެވެ.

މި ސަރުކާރާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަވާލު ވުމަށް ފަހު ރާއްޖޭގެ އަތޮޅު ތެރޭގައި ގާއިމްވެފައި ތިބި ހޮސްޕިޓަލުތަކުން ޒަމާނީ ފެންވަރުގެ ހިދުމަތްތައް ނުލިބި ފަރުވާ ދޭނެ ޑޮކްޓަރުން ނުލިބޭ ވާހަކަ އަކީ އިއްޔެއަކު މިއަދު ރައްޔިތުން ދައްކާ ވާހަކަތަކެއްނޫނެވެ.

ރައީސް ސޯލިހަށް އެ ކަންތައްތަކަކީ މާކަ ބޮޑު ކަމަކަށްވެ ވަޑައިގެންނަވާ މަންޒަރެއް ފެނިގެންނެއް ނުދެއެވެ. ރާއްޖޭގައި ބިނާ ކުރެވޭ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ރައީސް ސޯލިހުގެ ނަޒަރެއް އެއްގޮތަކަށްވެސް ނުހުއްޓުނެވެ. ދިވެހި ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ނުގޮސް ސިއްހީ ފަރުވާ ރާއްޖޭގައި ތިބެގެން ހޯދޭނެ ފުރުސަތެއް ރައީސް ސޯލިހުއަކަށް ފަހި ކޮށްނުދެވުނު ކަމަށް ރައްޖެއިން ބޭރަށް ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަންދާ ރައްޔިތުން ބުނަންފަށައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިގެންދާނެ ތާރީހަކަށް ރައްޔިތުން އިންތިޒާރު ކުރަނީ ސިއްޙީ ދާއިރާއިން ލިބޭނެ މުހިންމު ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބެން ރައްޔިތުން ބޭނުންވާތީއެވެ. ނަމަވެސް މި ސަރުކާރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ދަރުމަވަންތަ ހޮސްޕިޓަލްއިން ޚިދުމަތް ދޭން ފެށޭނެ ކަމަށް ވިދާޅުވި ހުރިހާ ތާރީޚެއްވެސް ފަހަނައަޅާ ގޮސްފިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ ހެލްތް ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން ޤާއިމްކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް ބޭރު ޤައުމެއްގެ ކުންފުންޏަކަށް ދިނުމަށް ރައީސް ސޯލިހްގެ ސަރުކާރުން މަޝްވަރާކުރިކަމުގެ ވާހަކަތަކެއްވެސް ފެންމަތިވެގެންދިޔައެވެ.

އެކަމާ ގުޅިގެން ރައްޔިތުން މިހާރު ބުނަމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުގައި ލަސްތަކެއް ދިމާވެގެން އުޅޭކަމަކީ ހޮސްޕިޓަލް ވިއްކާލުމަށް އަދި ބޭރުގެ ކުންފުންޏެއް ހަމަނުޖެހޭތީކަމަށް ލަފާކުރެވޭކަމަށެވެ.

ކުރީ ސަރުކާރުން އެ ހޮސްޕިޓަލުގެ 95 އިންސައްތައިގެ މަސައްކަތް ކޮށްފައި ވާއިރު މި ސަރުކާރުން އެ ހޮސްޕިޓަލު ހުޅުވާ ރިބަންފަށް ކަނޑާލުން ލަސްވާންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް ބުނެ އާންމު ރައްޔިތުންގެ ގިނަ ފާޑުކިޔުންތަކެއް އަންނަނީ ރައީސް ސޯލިހުގެ ސަރުކާރަށާއި ހެލްތު މިނިސްޓަރަށް އަމާޒުވަމުންނެވެ.

ރައީސް ސޯލިހު މަޖިލިސް އިންތިޚާބާއި ދިމާކޮށް ކުރެއްވި ދަތުރުފުޅުގައި ތަފާތު ރަށްތަކަށް ވަޑައިގެން ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެސްފައި ހުރީ ކުރީގެ މެޝިނަރީސް ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެކަންވެސް ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ދޮގު ކުރައްވާފައެވެ.

ރައީސް ސޯލިހު ދަރުމަވަންތަ ހޮސްޕިޓަލާއި ގުޅޭގޮތުން ތަފާތު ވާހކަފުޅުތައް ދައްކަވަމުންގެންދެވި އިރު އެ ހޮސްޕިޓަލުގެ އެއްވެސް މަޢުލޫމާތެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް އެނގޭތޯ މިިއަދު މިވަނީ ސުވާލު އުފެދިފައެވެ. ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެ ދުވަހަކާއި ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ އެކަންތައްތަވެސް އެނގޭނީ ރައީސް އޮފީހަށް ކަމަށެވެ.

ހެލްތު މިނިސްޓްރީއަކީ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްޙީ ދާއިރާގެ މަޢުލޫމާތު ހުންނަންޖެހޭ ތަަނަށް ވާއިރު ރާއްޖޭގައި އަޅާފައިވާ އެންމެ ބޮޑު ހޮސްޕިޓަލުގެ މަޢުލޫމާތު އެ ވުޒާރާގެ ވަޒީރަށް ނޭގުމަކީ އޭނާގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކުން ބަރީޢަވާން ކުރެއްވި ކަމެއްކަމަށާއި އެކަމަކީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއްކަމަށް ރައްޔިތުން ބުނެެވެ.

ރައީސް ޔާމީންގެ ދައުރުގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި އެ ނޫންވެސް ސިއްޙީ ދާއިރާއާއި ގުޅޭ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދެވީ އޭރުގެ ހެލްތު މިނިސްޓަރގެ ބެއްލެވުމުގެ ދަށުން ކަން ފާހަގަކޮށްލެވެއެވެ.

އަދި އޭރުގެ މިނިސްޓަރ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް ތާވަލާއި އެއްގޮތަަށް ނިންމައިފި ކަމުގައިވާނަމަ ފެބްރުއަރީ މަހު ހުޅުވާލެވޭނަކަމަށެވެ. ރައީސް ސޯލިހުގެ ދައުލަތުގެ ހެލްތު މިނިސްޓަރަށް އެމަނިކުފާނުގެ ވުޒާރާގެ ކަންތައްތަކާއި ގުޅޭ މަޢުލޫމާތު އެނގިވަޑައި ނުގަތުމަކީ ކަންބޮޑުވާން ޖެހޭކަމަކަށް ވާއިރު އެކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ބޭފުޅުންނަށް މަޢުލޫމާތު އެނގިވޑައިގެންފައި ނުވުމަކީވެސް ކަންބޮޑުވާން ޖެހޭކަމެކެވެ.

ވާނީވެސް އެހެންތާއެވެ. ދަރުމަވަންތަ ހޮސްޕިޓަލަކީ ހޮހަޅައެއްގެ ގޮތުގައި ބުނެ ހަޖޫ ޖެހި ބަޔަކަށް ސިންގަޕޫރުން ލިބޭ ފަދަ ސިއްހީ ހިދުމަތް ރާއްޖޭގައި ތިބެގެން ލިބޭކަށް ނޭދޭނެ ކަމީ ޝައްކެއްވެސް އެކަމުގައި އޮތްކަމެއްނޫނެވެ.

އަދި މި ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް އެކަމުން ނެގޭނެ މާކަބޮޑު ފާއިދާތަކެއްވެސް އޮތް ކަމެއްނޫނެވެ. ތަފާތު އެކި ގޮތްގޮތުން ކުރީ ސަރުކާރުން ހިންގި ބިޔަ މަޝްރޫޢުތަކަށް ފާޑު ކިޔަމުން ދަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލުން ފިޒިއޮތެރަޕީގެ ޚިދުމަތަށް ވަރުގަދަ ސެޓަޕަކާ އެކު، މުޅިން އަލަށް 13 ފަރުވާއެއް އެ ހޮސްޕިޓަލުގައި ފަށަން ތައްޔާރުވި ހަބަރު މުޅި ގައުމުގައި ގުގުމާލައިފިއެވެ.

އެހާ ހިސާބުން އެ ހޮސްޕިޓަލުގެ ޖާގަވެސް ތަނަވަސްވެ ހިތް ފަސޭހަ ފަހި ހިދުމަތްތަކެއް އެ ހޮސްޕިޓަލުން ލިބޭ ކަމުގެ ވާހަކަތައް ފެންމަތިވާން ފަށައިފިއެވެ. ކުރިން ހޮހަޅައެއްގެ ގޮތުގައި ސިފަކުރި ހޮސްޕިޓަލު މިހާރު ފެނިގެންދަނީ ސަރަހައްދީ އެންމެ އާރުލާ، ވަރުގަދަ ހޮސްޕިޓަލުގެ ގޮތުގައެވެ.

ހިތާ ދެކޮޅަށްނަމަވެސް މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްކުރި އަދި ސަރުކާރަށް ތާއީދުކުރާ ބައެއް ރައްޔިތުން ރައީސް ޔާމިންގެ ތަރައްގީ ބަަލައިގަނެ ތައުރީފް ކޮށް ރައީސް ޔާމިން ފައްޓަވާފައިވާ ތަރައްގީގެ ދުވެލީގެ ހަނދާންވާން ފަށައިފިއެވެ.

ފަންސަވީސް ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލުން ޚިދުމަތް ދޭން ފަށާފައިވާއިރު އެންމެ ފުރަތަމަ ޚިދުމަތް ދޭން ފަށާފައިވަނީވެސް ފިޒިއޮތެރަޕީގެ ޚިދުމަތްކަން ފާހަގަކޮށްލެވެއެވެ. ދަރުމަވަންތަ ހޮސްޕިޓަަލަކީ ރައީސް ޔާމީން ދިވެހިރާއްޖެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރެއްވި ބުރަ މަސައްކަތްތައް ދައްކުވައިދޭ ރަމްޒީ ބިނާއެކެވެ.

އަދި އެއީ އެމަނިކުފާނުގެ ތަރައްޤިގެ މައި ބިނާކަމަށްވެސް އެމަނިކުފާނުގެ ތަރައްގީ ބަލައިގެންފައިވާ ރައްޔިތުން ދަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...