އެމެރިކާއިން އިންޑިއާއަށް އެތެރެކުރާ ބައެއް ބާވަތުގެ ޑިއުޓީ ބޮޑުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިންޑިއާއަށް އެތެރެކުރާ އެމެރިކާގެ 28 އުފެއްދުމަކުން ނަގާ ކަސްޓަމްސް ޑިއުޓީ ބޮޑުކުރުމަށް ނިންމާ އެ ގަވާއިދު ތަންފީޒުކުރަން ފަށައިފިއެވެ.
އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓްކުރާ ސްޓީލް އާއި އެލްމިނިއަމް ފަދަ ބާވަތް ތަކުން ނަގާ ޓެރިފް ބޮޑުކުރުމަށް އެގައުމުން ނިންމުމާއި ގުޅިގެން އެކަމަށް ރައްދު ހަމަލާ ދެމުން އިންޑިއާއިން ވަނީ އެކި ކަހަލަ ބަދަނާ، މުގާ، ތޮޅިއާއި، އޮށުގެ ބާވަތްތައް ހިމެނޭހެން ކަސްޓަމްސް ޑިއުޓީ ބޮޑުކޮށްފައެވެ. އެއާއެކު އިންޑިއާގެ ބާޒާރުން އެބާވަތްތައް ގަންނަން ލިބޭ އަގު އެތައް ގުނައެއް އުފުލި އެތަކެތީގެ ޑިމާންޑް ދަށްވާނެއެވެ.
މީޑިއާ ރިޕޯޓްތަކުގައި ވަނީ އިންޑިއާއަށް އެތެރެކުރާ އެމެރިކާގެ 28 އުފެއްދުމަކުން ނަގާ ކަސްޓަމްސް ޑިއުޓީ ބޮޑުކުރުމުން 219 މިލިއަން ޑޮލަރުގެ އިތުރު އާމްދަނީއެއް އިންޑިއާއަށް ލިބޭނެ ކަމަށެވެ.
އިންޑިއާ އާއި އެމެރިކާއާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2017 އާއި 2018 ވަނަ އަހަރާ ދެމެދު އިންޑިއާއިން އެމެރިކާއަށް 47.9 ބިލިއަން ޑޮލަރުގެ މުދާ ވިއްކިއިރު، އެމެރިކާއިން އިންޑިއާއަށް ގަނެފައިވަނީ 26.7 ބިލިއަން ޑޮލަރުގެ މުދަލެވެ. އެހެން ކަމުން މިހާރުވެސް ފައިދާ ބޮޑުކަމަށް ފެންނަނީ އިންޑިއާއަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...