މިއަދުގެ ސަރުކާރު ފެނިގެންދަނީ ބަރަވެލި ސްޕީޑަށްވުރެވެސް ފިނިހަކަ ސްޕީޑުގައި: ނިހާން

ޖަޒީރާ ރާއްޖެއަކަށް މުޅި ދިވެހި ރާއްޖެ ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ކިބައިން ފެނިގެންދަނީ ހިނގަހިނގާ ހުރި ތަރައްގީ ސުންނާފަތިކޮށްލާ މަންޒަރުތައް ކަމަށް ކޮންގްރެސް ޕާޓިގެ ނައިބު އަދި ވިލިމާފަންނު ދާއިރާގެ ކުރީގެ އިއްޒަތްތެރި މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޖަޒީރާ ރާއްޖެ މި ނަމުގައި އެމްޑީޕީ މީހުން ކެންޕެއިން ކުރެއްވި ދުވަސްވަރުން ފެށިގެންވެސް ރައްޔިތުންނާ ހަމައަށް އެކަމުގައި ހުރި ނަތީޖާ ބުނެދެވޭތޯ މަސައްކަތް ކުރެއްވީ ތަރައްގީގެ ރޭހުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައި ކަމަށް ނިހާން ވިދާޅުވިއެވެ.

އެއްފަހަށް ވުރެ ގިނަ ފަހަރު ދިވެހިން ވާނީ އެމްޑީޕީގެ ވެރިކަން ނުވަތަ އެމްޑީޕީގެ ފިލޯސަފީ ތަޖުރިބާ ކުރެވިފައިވައި ކަމަށް ނިހާން ވިދާޅުވިއެވެ. އެމްޑީޕީން އަބަދުވެސް މަަސައްކަތް ކުރަމުންދާނީ ރައްޔިތުންނަށް އޮޅުވާލައިގެން ނުވަތަ ކުލަ ނުވާ ހުވަފެންތަކެއް ދެއްކުމަށް ފަހު ކަންކަން ހާސިލްކުރުމަށްކަމަށް ނިހާން ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންނަށް އޮޅުވާލައިގެން ހާސިލްކޮށްފައިވާ ކަންތައްތަކުގެ ނަތީޖާއަކީ ހިތި ނަތީޖާތަކެއް ކަމަށް މިއަދު ގިނަ ރައްޔިތުން ގަބޫލުކުރާނެ ކަމަށާއި 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެން ރައްޔިތުން އަނެއް ދިވެހި ރާޢްޖެއަކަށް ގެންދާނެ ކަމަށް ވިދާޅުވީ ވުޖޫދުގައި ނެތް ކަމެއް ނުވަތަ ފިލޯސަފިކަލް ވާހަކަތަކެއް ދެއްކުމުގެ ރަހަ ދިވެހި ރައްޔިތުން ވާނީ ތަޖުރިބާ ކޮށްފައި ކަމަށް ނިހާން ވިދާޅުވިއެވެ.

އަދި 2018 ވަނައަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ތަފާތު އެކި ޕޯޑިއަމްތަކުގައި ތިމަންނާމެން ކަންތައްތައް ކުރާނެ ގޮތާއި އަމަލު ކުރާނެ ގޮތް ވަރަށް ސީދާކޮށް ދައްކާފައިވާ ކަމަށެވެ. ޖަރީޒާ ރާއްޖެއެއް ތަރައްގީ ކުރާނީ ވެއްޔާއި ސިމިންތި ބޭނުން ނުކޮށްކަމަށް މިއަދުގެ ސަރުކާރުން ވިދާޅުވެފައިވާ ގަނޑިވަޅެއްގައި ނިހާން ވިދާޅުވީ ގައުމުގެ އުމްރާނީ ތަރައްގީއަށް ވެއްޔާއި ސިމެންތި ބޭނުންނުކޮށް ތަރައްގީ ގެނެވޭނެ އެއްވެސް ހަމައެއް ނޯންނާނެކަމަށެވެ.

އެގޮތުން މަގުތަކުގައި ގާއެތުރުމުން ފެށިގެން ގޮސް ރަށްރަށުގެ ބަނދަރާއި އެއާޕޯޓުގެ މަސައްކަތްފަދަ މަސައްކަތްތައް ވެލި ނުވަތަ ސިމެންތި ބޭނުން ނުކޮށް ތަރައްގީ ނުކުރެވޭނެކަމަށެވެ. އެހެންނަމަވެސް އެ ބޭފުޅުން އެ ވިދާޅުވާ ޖަޒީރާ ރާއްޖޭގައި ބޭނުންކުރާނީ ކުރީ ޒަމާނުގައި ރާނަން ބޭނުންކުރި އުވަފަދަ ތަކެއްތި ކަމަށް ނިހާން ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމެއްގައި ނަރުދަމާ ނިޒާމަކީ ނޯންނާނެ ނިޒާމެއް ކަމަށް ވިދާޅުވެ ނިހާން ވިދާޅުވީ އެމްޑީޕީ ވެރިކަމެއްގައި ފާހާނާ ހޮޅިފަދަ ތަކެތި ވަޅުލުމަކީވެސް ބުރަކަމެއްކަމަށެވެ.

އެގޮތުން 70ގެ އަހަރުތަކުގައި ބޭނުންކުރި ފޯރގިޔަރ ޓޮއިލެޓަކީ ނަރުދަމާ އަށް އެންމެ އެކަށޭނަ ގޮތްތޯ އޭރުވެސް ވާހަކަ ދައްކާފަވާނޭ ކަމަށް ނިހާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އޭރުވެސް މަަސައްކަތްކުރެއްވީ ރައްޔިތުންނަށް ވިސްނައިދެވޭތޯ ކަމަށާއި އަދި މިހާރުވެސް އެ މަަސައްކަތް ހުއްޓުމެއްނެތި ކުރާނޭ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

އަދި މިއަދުގެ ސަރުކާރު ފެނިގެންދަނީ ބަރަވެލި ސްޕީޑަށްވުރެވެސް ފިނިހަކަ ސްޕީޑުގައި ކަމަށް ވިދާޅުވެ ނިހާން ވަނީ ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރްގްރާމުގައި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. އައިސް 15 ޖޫން 2019 - 20:27

    އެކަމަކު ސޫފިލަނޑާ ބުނީ ވަރަށް ބާރޭ...

ގުޅުން ހުރި
Loading...