ރައީސް އޮފީހަށް ހުށަހެޅި ކޮރަޕްޝަންގެ 382 މައްސަލަ ނުބަލަން ނިންމައިފި

ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދު - ފޮޓޯ: ވަން އޮންލައިން

ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވުމަށްފަހު ކޮރަޕްޝަނާ ގުޅޭ މައްސަލަތަކަށް ހާއްޞަކޮށް ޤާއިމުކުރި އޮންލައިން ޕޯޓަލްއަށް ހުށަހެޅި 400 މައްސަލައިގެ ތެރެއިން 382 މައްސަލަ ނުބަލަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ހުށަހަޅަން ވިސްލް ބްލޮވަރ ޑޮޓް ޖީއޯވީ ޑޮޓް އެމްވީގެ ނަމުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޤާއިމުކުރި އޮންލައިން ޕޯޓަލްއަށް މިހާތަނަށް ހަތަރު ސަތޭކަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީން އެ މައްސަލަތައް ޗެކް ކުރުމުން އޭގެ ތެރެއިން ސުވާލު އުފެދޭ ކަމަށް ފެނުނީ 18 މައްސަލައެއް ކަމަށާއި އެ މައްސަލަތައް އިތުރަށް ބަލައި ތަހުޤީގު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.
ކޮރަޕްޝަނާ ގުޅޭ މައްސަލަތަކަށް ހާއްޞަކޮށް ސަރުކާރުން ޤާއިމުކުރި އޮންލައިން ޕޯޓަލްއަށް ހުށަހެޅި 400 މައްސަލައިގެ ތެރެއިން 18 މައްސަލަ ބެލުމަށްފަހު، ބާކީ 382 މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.
ވިސްލް ބްލޯވަރ ޕްލެޓްފޯމް ޤާއިމުކުރި ފަހުން މިހާތަނަށް ހުށަހެޅި ޖުމްލަ 400 މައްސަލައިގެ ތެރެއިން 382 މައްސަލަ ނުބަލާ ދޫކޮށްލަން ނިންމާފައިވާއިރު، މި ސަރުކާރުން ކޮަރަޕްޝަނަށް ދޭނީ ޒީރޯ ޓޮަލަރެންސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިއަހަރުގެ ހައްޖު ކޯޓާ ދިނުމުގައި ވެސް ސަރުކާރުން އަމަލުކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި ސަރުކާރުން ރާވާފައިވާ ބައެއް ކަހަލަ މަޝްރުއޫތައް ފެށުމަށްވެސް ކޮރަޕްޝަނަށް ހުޅުވާލެވިފައިވާ ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...