ލިޔޯންގެ ޑިފެންޑަރު ފަރލޭންޑް މެންޑީ ރެއާލް މެޑްރިޑަށް ސޮއިކޮށްފި

ފްރާންސްގެ ލިއޯން އަށް ކުޅެމުން އަންނަ ޑިފެންޑަރު ފަރލޭންޑް މެންޑީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފިއެވެ.
އުމުރުން ސައުވީސް އަހަރުގެ މެންޑީ ރެއާލްއަށް ސޮއިކުރީ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސާޅީސް ހަތެއް ޕޮއިންޓް އެކެއް މިލިއަން ޕައުންޑުގެ އަގަކަށެވެ.
މީގެ ކުރިން ޕީއެސްޖީއަށް ވެސް ކުޅުނު މެންޑީ ވަނީ މިދިޔަ ސީޒަނުގައި ލިޔޯންއަށް ފްރެންޗް ލީގުގެ ތިރީސް މެޗު ކުޅެ ދެ ލަނޑު ޖަހައިދީފައެވެ. އަދި ނިމިދިޔަ ޗެމްޕިއަންސް ލީގުގައި ލިޔޯން ކުޅުނު ހުރިހާ މެޗަކުން ވެސް އޭނާ ވަނީ ފެނިފައިއެވެ.
ފްރާންސް ޤައުމީ ޓީމުގެ ސްކޮޑުން މެންޑީއަށް ފުރަތަމަ ފަހަރަށް ޖާގަ ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އޭގެ ފަހުން ޤައުމީ ޓީމާއެކު މެންޑީ ވަނީ ދެ މެޗު ކުޅެފައެވެ.
މެންޑީ ރެެއާލް މެޑްރިޑަށް ސޮއި ކުރުމާއެކު މި ޓްރާންސްފަރ ވިންޑޯގައި ރެއާލްއިން ހޭދަކުރި ޖުމްލަ އަދަދު ވަނީ ތިންސަތޭކަ މިލިއަން ޕައުންޑާ ގާތްކުރާ އަދަދަކަށް އަރާފައެވެ. އެގޮތުން މި ވިންޑޯގައި ސަތޭކަ ފަންސާސް މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއްގައި އެޑެން ހަޒާޑް ރެއާލްއަށް ސޮއިކޮށްފައިވާއިރު، ފްރެންކްފަޓްގެ ސްޓައިކަރު ލޫކާ ޖޮވިޗް ރެއާލްއަށް ސޮއިކޮށްފައިވަނީ ފަންސާސް ތިން މިލިއަން ޕައުންޑުގެ އަގަކަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...