އިންޑިޔާ ސަރުކާރާއެކު ވެވުނު އެއްބަސްވުންތަކުގެ ތަފްޞީލު ހާމަކުރަން ޖެހޭ - ޖާބިރު

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އަހުދު ނާމާތަކުގެ ތަފްޞީލު މަޖިލިސް މެމްބަރުންނަށް ހިއްޞާކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖާބިރު އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ފަނޑިޔާރުންނަށް އިނާޔަތާ ރައްކާތެރިކަން ދިނުމަށް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހުގެ ތަޅުމަށް ފޮނުވާލުމުން އެ ބިލަށް އަލުން ބަހުސް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުންނެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އަހުދު ނާމާތަކުގެ ތަފްޞީލު އެނގެން ނެތް ކަމަށާ މަޖިލީހުގެ މެމްބަރުންނަށްވެސް އެކަމުގެ ތަފްޞީލެއް ސަރުކާރުން ދެއްވާފައިނުވާ ކަމަށެވެ.

އަދި އެކަން ރައްޔިތުންނަށްވެސް ސާފުކޮށް ނުދެވުނުއިރު ސަރުކާރުން ކުރިއަށް ގެންދާ އެއްވެސް ޕްރޮޖެކްޓެއްގެ ތަފްސީލްވެސް އެނގެން ނެތް ކަން ޖާބިރު ފާހަގަކުރެއްވިއެވެ. ޖާބިރު އިތުރަށް ވިދާޅުވީ، މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކަށް ސަރުކާރު ނުހިންގޭކަން ޤަބޫލުކުރަން ޖެހޭ ކަމަށާ ދައުލަތުގެ އެންމެހައި ބާރުތަކާއި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި އޮތް ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރާ އެއްވެސް ކަމެއް ނެތް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ ސްޕެޝަލް އެންވޯއީ ކަންވެސް ކުރައްވާފައިވާ ޖާބިރު ވިދާޅުވީ، ދައުލަތަށް އާންމުދަނީ އިތުރު ކުރާނެ ގޮތް ނޭންގިގެން ސަރުކާރުން އުޅޭހެން ހީވާ ކަމަށާ އެއާއެކު ދައުލަތުގައި ހުރި ވަސީލަތްތަކުގެ ބޭނުން ކުރަން ސަރުކާރަށް ނޭންގިގެން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށެވެ.

ޖާބިރަކީ އެމްޑިޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ނަމަވެސް އޭނާ މަޖިލިހަށް އިންތިޚާބުވެލެއްވީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ. އަދި ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...