ބިދޭސީއަކަށް ވަޅިން ބިރުދައްކާ ފޭރުމަށްފަހު ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބިދޭސީއަކަށް ވަޅިން ބިރުދެއްކުމަށްފަހު ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މާލޭގެ ފާށަނާކިލެގެ މަގުން ހިނގާފައި ދިޔަ ބިދޭސީއަކަށް ވަޅިން ބިރުދައްކައި އެމީހާގެ އަތުން ފޭރުމާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ ފޭރުނު ތަކެއްޗާ ވެސް އެކުގައި ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ ބިދޭސީ މީހާއަށް ވަޅިން ބިރު ދެއްކުމަށްފަހު ފިލަން އުޅެނިކޮށް އެވަގުތު އެ ސަރަހައްދުން ދިޔަ ފުލުހަކު އޭނާގެ ފަހަތުންގޮސް ހިފެހެއްޓުމަށްފަހުއެވެ.
އެ މީހާ ހިފެހެއްޓިއިރު، ބިދޭސީ މީހާ އަތުން ފޭރުނު ފޯނާއި 1000 ރުފިޔާ އެމީހާގެ އަތުން ވަނީ ފެނިފައެވެ.
މިމައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...