ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދަށްވުމަކީ ކުރިން އޮތް ސަގާފަތް އަލުން ރުޖޫޢަވުން: ސައީދު

ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށްވުމަކީ ކުރިން އޮތް ސަގާފަތް އަލުން ރުޖޫޢަވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި ކަމަށްބުނެ އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއް ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ސައީދުގެ އެ ޓްވީޓުގައި ބުނެފައިވަނީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށްވެ ސަރަޙައްދީ އެހެން ޤައުމުތަށް ކުރިއަރައިގެން ދިއުމަކީ ކުރިން ތަކުރާރުވަމުން އައި ސަގާފަތަކަށް އަލުން ރުޖޫޢަވުން ކަމަށެވެ. އަދި އެހެން އެކަން ވުމަކީ އަގު ބޮޑު އަނދިރި ކްރެޑިޓް ލައިންތަކާއި ހިލޭ އެހީއިން ޤައުމު ހިންގުމުގެ ސަގާފަތް އިޔާދަކޮށްދިނުން ކަމަށެވެ.

ސައުތު އޭޝިޔާގެ އިގްތިސާދީ ކުރިއެރުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ހަމާކޮށްފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 5.7 ޕަސެންޓްގައެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ 6.1 ޕަސެންޓްގައެވެ.

އަންނަ އަހަރު އިގްތިސާދީ ދުވެލި 5.2 ޕަސެންޓަށް ދައްވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 2021 ވަނަ އަހަރު އިގްތިސާދީ ދުވެލި 5.3 ޕަސެންޓަށް ދައްވާނެ ކަމަށް ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގައި ރާއްޖޭގައި އިންވެސްޓްމެންޓްތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހުއެވެ.

ސައުތު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު އެންމެ ކުރީގައި އުޅޭނީ ބަންގްލަދޭޝް އާއި އިންޑިޔާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...