ކާޑެއްދޫ އެއަރޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލީ ބައެއް ކަންކަން ފުރިހަމަވެފައި ނެތުމުން - މޯލްޑިވިއަން

ގދ.ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލާފައިވަނީ އެތަނުގައި ބައެއް ކަންކަން ފުރިހަމަވެފައި ނެތުމުން ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ވަނީ ގދ.ކާޑެއްދޫ އެއަރޕޯޓުގެ އެންމެހައި ކަންކަން ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެހެން އަންގަން ޖެހުނީ ކާޑެއްދޫ އެއަރޕޯޓުގެ ރެގިއުލޭޓަރީ ރިކުއަރމަންޓްތައް ފުރިހަމަ ނުވެ ހުރުމުން ކަމަށާއި އެކަންކަން ފުރިހަމަ ކުރިހާ އަވަހަކަށް ކުރިއެކޭވެސް އެއްގޮތަށް އަލުން އެއަރޕޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެކަމަށެވެ.
ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ވިދާޅުވީ، ޗެނަލް 13 އަށް ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލަން ޖެހުނީ އެތަނުގައި ބޭނުންކުރާ ފަޔަރ ޓްރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. ނަމަވެސް އޭނާ ތަފްސީލެއް ނުދެއްވައެވެ.
އަޤީލް ވަނީ ކާޑެއްދޫ އެއަރޕޯޓުގެ ފަރަޔ ޓްރަކަށް ދިމާވި މައްސަލަ އާއި ގުޅިގެން ކާޑެއްދޫއަށް ކުރާ ދަތުރު ތަކުގެ ޝެޑިއުލަށް ބަދަލު ނާންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަން ހައްލުކުރެވުނުހާ އަވަހަށް އެއަރޕޯޓްގެ އޮޕަރޭޝަންތައް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑޮމެސްޓިކް ޝެޑިއުލްގައި މިއަދު މެންދުރުފަހު 14:10 ގައި ވީއައިއޭއިން ކާޑެއްދޫއަށް ދަތުރު ކުރަން ތާވަލްކޮށްފައިވާ ދަތުރު ވަރަށް ބޮޑަށް ލަސްވެގެން ދިޔައިރު ހަވީރު 17:25 ކުރަން ހަމަޖެހިފައިވާ ދަތުރު އެއްކޮށް ވަނީ ކެންސަލް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...