ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު އިންތިހާބު ކުރައްވައިފިއެވެ.
އެ މަގާމަށް ސަލީމް އިންތިހާބު ކުރެއްވީ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ އިއްތިފާގުންނެވެ.  ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.  އަދި އޭނާ ވަނީ ސަލީމަށް މަރުހަބާ ދަންނަވާފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ފަސް މެންބަރުން ތިއްބަވައެވެ.
ސަލީމާއި ޝިޔާމުގެ އިތުރުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނެނީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނެވެ.
18 ވަނަ މަޖިލީހުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވީ ވިލިމާފަންނު ދާއިރާގެ މެމްބަރު ނިހާންއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...