2023 ވަނަ އަހަރުގެ އައިއޯއައިޖީ ގޭމްސް ބޭއްވުމަށް ބިޑް ކުރަން މަޝްވަރާކޮށްފި

ޔޫތު މިނިސްޓްރާ އެކު އެމްއޯސީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ޔޫތު މިނިސްޓްރީ

2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި މަޝްވަރާ ކުރައްވައިފިއެވެ.
ރާއްޖޭގައި އައިއޯއައިޖީ ގޭމްސް ބޭއްވުމަށް ސަރުކާރުން އެއްބަސްވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އައިއޯއައިޖީ ގޭމްސް ބޭއްވުމަށް ރާއްޖޭގައި ހުރި ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ފެންވަރު ރަނގަޅު ބިޑެއް ހުށަހެޅުމަށް އެމްއޯސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީގެ ކުރިން 2015 ވަނަ އަހަރުވެސް ރާއްޖޭގައި އައިއޯޖީ ގޭމްސް ބޭއްވުމަށް ވަނީ ކޮށްފައެވެ. ނަމަވެސް އެފަހަރު ބިޑް ކާމިޔާބުކޮށްފައިވަނީ ރީޔޫނިއަންއިންނެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރަން މެޑަލް ހޯދިފައިވަނީ ވެސް އައިއޯއައިޖީގައެވެ. އެއީ 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި ގޭމްސްގެ 100 މީޓަރު ދުވުމުން ހަސަން ސާއިދު ހޯދި ރަން މެޑެލްއެވެ.
އައިއޯއައިޖީ ގޭމްސްއަކީ 1979 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކުޅިވަރުގެ އީދެކެވެ. މި ގޭމްސް މިހާތަނަށް ބާއްވާފައި ވަނީ މޮރިޝަސް، މަޑަގަސްކަރަ އަދި ސީޝެލްސް އާއި ރިޔޫނިއަން ގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...