ކްލެމެންސީ ބޯޑަށް ޝިފާއުގެ ނަން މަޖިލީހުން ފާސްކޮށްފި

އަދަބު ލުއި ކޮށްދިނުމާއި މައާފް ދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، ކްލެމެންސީ ބޯޑުގައި މަޖިލީހުގެ ފަރާތުން ހިމެނިވަޑައިގަންނަވާ މެންބަރުގެ ގޮތުގައި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ ނަން މަޖިލީހުން ފާސް ކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކްލެމެންސީ ބޯޑުގެ މެންބަރުކަމަށް ޝިފާއުގެނަން ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ، ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަނެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑަށް ޝިފާއު އައްޔަން ކުރެއްވީ 81 މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓްރެފިކް ކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި ތަމްސީލް ކުރައްވާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ނަން ވެސް ވަނީ 81 މެންބަރުން އިއްތިފާގުން ފާސްކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...