އެސްއެމްއީ ކޮންފަރެންސްގައި ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު ސަޢީދަށް

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދު

ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކާ ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ބާއްވާ ކޮންފަރެންސެއްގައި ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދަށް ލިބިވަޑައިގެންފިއެވެ.
ޗައިނާގެ ބެއިޖިންގައި މިމަހުގެ 21 ހުން 23 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އެސްއެމްއީ ކޮންފަރެންސްގައި ސަޢީދު ތަޤުރީރުރެއްވުމަށް ހަމަޖެހިފައި ވަނީ ވިޔަފާރީގެ މާހައުލުގައި ކުރިއަށްދާ ކަންކަމާއި، ވިޔާފަރީކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ މައްޗަށެވެ.
ސަޢީދުގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގެ ތަޖުރިބާކާރުންނާއި އޮފިޝަލުންވެސް މި ކޮންފަރެންސުގައި ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިބައްދަލުވުމުގައި ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމަކުން ދެހާހަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި ސިޔާސީ ފަރާތްތަކާއި ވިޔަފާރީވެރިން ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...