ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ ހުވާ ކުރައްވައިފި

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ ހުވާ ކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމް ރިޒާ މެންބަރު ކަމުގެ ހުވާ ކުރަށްވައިފިއެވެ.
19 ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވި ޖަލްސާގައި ރިޒާއަށް ބައިވެރިވެ ވަޑައިނުގެންނެވުނީ އުމްރާގެ އަޅުކަން އަދާ ކުރުމަށް މައްކާގައި ހުންނެވުމުންނެވެ. އެގޮތުން މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި 87 މެމްބަރުންގެ ތެރެއިން މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ހުވާކޮށްފައި ވަނީ 86 މެންބަރުންނެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެން ރިޒާ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.
ރިޒާ މަޖިލީހަށް ހޮވި ވަޑައިގެންފައި ވަނީ ތިން ވަނަ ދައުރަކަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...