ފުލުހުންނަށް ފިލަން ކަނޑަށް ފުންމާލި މީހާ ފަޅުރަށެއްގައި އޮއްވާ ހޯދައިފި

ގއ.މާވަރުލު

ގއ. ކަނޑުހުޅުދޫ އަށް ދިޔަ ފެރީއަކުން މަސްތުވާތަކެތި ގެންދާތީ، އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމުން ފެރީން ކަނޑަށް ފުންމާލި މީހާ މާވަރުލު ކިޔާ ފަޅު ރަށެއްގައި އޮއްވާ ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ ރޭ ގއ. ކަނޑުހުޅުދޫއަށް ދަތުރުކުރަމުން ދިޔަ ފެރީއަކުން ފުލުހުންނަށް ފިލަން ފުއްމާލި މީހާ އެ އަތޮޅު މާވަރުލު ވަލުތެރޭގައި ފިލާ އޮއްވާ ފެނިފައިވާ ކަމަށެވެ. އޭނާ ފެނުނީ ހެނދުނު 9:00 ހާއިރު ކަމަށެވެ.
ފުލުހުން ވިދާޅުވީ އޭނާ ކަނޑަށް ފުންމާލީ މަސްތުވާތަކެތި ހިފައިގެން ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެފަދަ އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތް ކަމަށެވެ. އޭނާ ހޯދުމުގައި މާވަރުލުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެހީތެރިކަން ފުލުހުންނަށް ލިބިފައިވާތީ އެކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މުހައްމަދު އަލީ ނަމަކަށް ކިޔާ އެ މީހާ ކަނޑަށް ފުއްމާލުމުން އޭނާ އަށް އެހީވުމަށް ބޮއްކުރައެއްގައި ދިޔަ ތިން މީހަކު ވެސް ރޭ ވަނީ ކަނޑުވެފައެވެ. އެމީހުން ކަނޑުވީ އެމީހުން ދަތުރުކުރި ބޮއްކުރާ ބަންޑުން ޖަހާލުމުންނެވެ.
ފުލުހުން ވިދާޅުވީ ޑިންގީ ބަންޑުންޖަހާލި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން އެކަކު ފަތާފައި މާވަރުލަށް އެރިކަމަށާއި އަދި އެކަކު ކަނޑުހުޅުދޫގެ ދޯންޏަކަށް އަރާފައިވާކަމަށެވެ. އެ މި ތިން މީހުން ވެސް ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...