ހަދިޔާއަށްވުރެ ބޮޑަށް މުހިންމީ ޤައުމު - އުމަރު ނަސީރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު - ފޮޓޯ: ޗެނެލް 13

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެން އިދިކޮޅު ފަރާތްތަކާ ބައްދަލު ނުކުރައްވާތީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މޯދީއަށް ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ.
ހިންދީ ބަހުން ވާހަކަފުޅު ދައްކަވައި އުމަރު ނަސީރު ދެއްވި ވީޑިއޯމެސެޖުގައި ވިދާޅުވެފައި ވަނީ ހަދިޔާއަށް ވުރެ މުހިއްމީ ޤައުމު ކަމަށެވެ. އުމަރުގެ ޓްވީޓަރ އެކައުންޓްގައި އާންމުކުރެއްވި މި މެސެޖުގައި ވަނ މީގެ އަށް އަހަރު ކުރިން ރާއްޖެއަށް ހެލިކޮޕްޓަރެއް ހަދިޔާކުރައްވާނެކަމުގެ ވައުދާއެކު ހެލިކޮޕްޓަރަކާއެކު އިންޑިއާގެ 40 ސިފައިން ރާއްޖެއަށް އައިތަން ފެނުނުކަމަށެވެ.
މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދިނުމަށް ވައުދުވި ހެލިކޮޕްޓަރު ނުދިން ތަނުގައި، އިންޑިއާއިން ރާއްޖެ އައި 40 ސިފައިންވެސް އަނބުރާ ގޮސްފައިނުވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އުމަރު ވަނީ ރާއްޖެއަށް ހެލިކޮޕްޓަރު ހަދިޔާ ކުރާނަމަ އެ ދިނުމަށާއި އެ ނުދޭނަމަ ހެލިކޮޕްޓަރާއެކު އިންޑިޢާއިން އައި 40 ސިފައިން އަނބުރާ ޤައުމަށް ދިއުމަށް ގޮވާލައްވާފައެވެ.
އުމަރު ވަނީ އިންޑިއާ އަކީ ރަހުމަތްތެރި ޤައުމެއް ނަމަވެސް އެ ޤައުމާމެދު ކަންބޮޑު ވަނީ ދިވެހިންގެ މިނިވަން ކަމާއި އިސްތިގުލާލުގެ ތެރެއަށް އަތްގަދަ ކުރަން އުޅޭތީ ކަމަށް ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ސަކީ 08 ޖޫން 2019 - 18:55

    ވާާއޮ ސަޅި %100 ތެދުފުޅެއް

  2. ރައްޔިތު މީހާ 08 ޖޫން 2019 - 18:49

    ޢުމަރަކީ ތެދުބަސް ބުނާ ދިވެހި ދަރިއެއްކަން ފާހަގަކޮށްލެވޭ.....ޢުމަރު ބަސްބުނުމުގަ ކުރިއަށް ގެންދަވާ....

ގުޅުން ހުރި
Loading...