އިންޑިއާއިން ގެއްލުނު އަސްކަރީ މަތިންދާ ބޯޓު އަދިވެސް ނުފެނޭ

13 މީހުންނާއެކު ދަތުރުކުރި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓު ގެއްލުނު ފަހުން އެބޯޓު ހޯދަން ހިންގަމުންދާ އޮޕަރޭޝަނަށް އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށް އިންޑިއާގެ އަސްކަރިޔާއިން ބުނެފިއެވެ.

އިންޑިއާއިން އައްސާމްގެ އެއާ ބޭސްއިން ދަތުރުކުރި، އޭއެން- 32 މަރުކާގެ ފްލައިޓް ގެއްލިފައި ވަނީ ޗައިނާ ބޯޑަރު ކައިރިންނެވެ. ބޯޓު ހޯދުމުގެ މަސައްކަތުގައި އިންޑިއާގެ އަސްކަރީ ސެޓެލައިޓްތަކާއި ރާޑަރުތަށް ބޭނުން ކުރަމުންދާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ފްލައިޓް ރާޑަރަށް ގެއްލުނު އިރު، އެ ފްލައިޓްގައި ވަނީ 13 މީހަކު ދަތުރު ކޮށްފައެވެ. ފްލައިޓް ނައްޓާލިތާ ގިނަ އިރުތަކެއް ނުވެ، ރާޑަރަށް ގެއްލިފައިވާ އިރު، އިންޑިއާގެ އަސްކަރީ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ފްލައިޓް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެއްގަމު މަގުންވެސް ގެއްލުނު މީހުން ހޯދުމުގެ ޚާއްސަ އޮޕަރޭޝަނެއް އިންޑިއާ އަސްކަރިއްޔާއިން މިހާރު ފަށާފައިވާއިރު، އެމީހުން ހޯދުމަށް ރޭވެސް ހުއްޓުމެއްނެތި މަސައްކަތް ކޮށްފައިވާކަމަށް އިންޑިއާ އަސްކަރިއްޔާއިން ބުނެއެވެ. އެއާފޯސްއިން ބުނިގޮތުގައި، ފްލައިޓް ވެއްޓުނު ކަމަށް ބުނާ ސަރަޙައްދެއްގެ މައުލޫމާތު ލިބިގެން ސިފައިން ހަރަކާތްތެރިވެފައިވާއިރު، އެ މައުލޫމާތަކީ ހަޤީޤަތެއް ނެތް މައުލޫމާތެއް ކަމަށެވެ.

މި އޭއެން-32 ނައްޓާލީ އިންޑިއާގެ އައްސާމްގެ ޖޯރަތް ނަމަކަށްކިޔާ އަވަށެއްގެ އެއާޕޯޓަކުން، އެޤައުމުގެ ފަރުބަދަމަތީ ސަރަޙައްދެއް ކަމަށްވާ މެޗޫކާއަށެވެ. މި ފްލައިޓާއި އިންޑިއާގެ އިދާރާތަކާއި ގުޅުން ކެނޑުނީ، ފްލައިޓް ނައްޓާލިތާ 32 މިނެޓު ފަހުންނެވެ.

އިންޑިއާގެ އަސްރީ ފްލައިޓެއް ގެއްލިގެން ހޯދަމުންދާއިރު، 2016 ވަނަ އަހަރުވެސް މިފަދަ އަސްކަރީ މަތިންދާ ބޯޓެއް އެޤައުމުގައި ގެއްލިފައިވެއެވެ. އެ އަހަރު ޖުލައި މަހުގެ ތެރޭގައި ގެއްލުނު އެ ފްލައިޓު ހޯދުމުގެ މަސައްކަތް ކާމިޔާބު ނުވުމުން އެ އަހަރުގެ ސެޕްޓެމްބަރު މަހު އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...