އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ އާލާތްތައް އެތެރެކުރި މިންވަރު ދައްވެއްޖެ

މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތުގެ ބޭނުންތަކަށް އެތެރެކުރި އާލާތްތަކުގެ އަދަދު ދަށްވެއްޖެއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ނެރުނު އިކޮނޮމިކް ތަފާސް ހިސާބުތައް ދައްކާގޮތުން އިމާރާތްކުރުމުގެ ސިނާއަތަށް އެތެެރެކުރި ތަކެތީގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި ރާއްޖެއަށް އެތެރެކުރި ލަކުޑިއާއި ދަގަނޑާއި ސިމެންތި ފަދަ ބާވަތްތައް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއިން ވިދާޅުވެއެވެ. ނަމަވެސް، އިމާރާތްކުރުމުގެ ސިނާއަތުގެ ބޭނުންތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދުވަނީ އިތުރުވެފައެވެ.

އެގޮތުން ދޫކުރީ ލޯނުގެ އަދަދު އިތުރުވީ އާންމު ފަރާތްތަކުގެ ގެދޮރު އިމާރަތްކުރުމާއި އައު ރިސޯޓްތައް ތަރައްޤީކުރުމަށް ލޯނު ދޫކުރުން އިތުރުވުމުން ކަމަށާއި އިމާރަތްކުރުމުގެ މަސައްކަތްތަކަށް ރާއްޖެއަށް އެތެރެކުރާ ތަކެތީގެ އަދަދު ދަށަށްދާން ފެށީ މިދިޔަ އަހަރުގެ ފަހު ކްއާޓަރ އިން ފެށިގެން ކަމަށް މަރުކަޒީ ބޭންކުން މަޢުލޫމާތު ދެއްވައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...