ރާއްޖޭގެ ކަންކަން އިސްލާހު ކުރާނީ ދިވެހިން- ސިއްދީގު

ރާއްޖޭގެ ކަންކަން އިސްލާހު ކުރާނީ ދިވެހިން ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަޙްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސިއްދީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރު ދިން މީހާއަށް ވަގުތުން ހުކުމްކޮށް، އޭނާއަށް އަދަބު ދޭން ޖެހޭ ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރުކޮށްލަންޖެހޭ ކަމަށްވެސް ސިއްދީގު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކަންކަން އިސްލާހު ކުރާނީ ދިވެހިން ކަމަށާއި، ޔަހޫދީ ވިސްނުމުގެ ފަރަންޖީންނެެއް ނޫން ކަމަށްވެސް ސިއްދީގު ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތްކޮށްދިނުމަށް ގައުމީ ދިފާއީ ބާރަށް ގޮވާލައްވާފައެވެ. ސިއްދީގު އެފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައިވަނީ، ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ދިރާސާއެއް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރާއްޖެ ގެނެސްފައިވާ އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ޝަރުއީ ދާއިރާއަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވުމާއި ގުޅިގެންނެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...