ޖޭއެސްސީގެ މެމްބަރު ކަމަށް ހިސާން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، މ. ނޫހިރި އަލްއުސްތާޛާ ޙިސާން ޙުސައިން މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛާ ޙިސާން ޙުސައިން އެމަޤާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އަލްއުސްތާޛާ ޙިސާން ޙުސައިން ޢައްޔަން ކުރެއްވުމުގެ ކުރިން، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ޙިސާން ވަނީ ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.

ޙިސާން ޙުސައިންއަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފުއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ސޯލިހު ޙިސާން ޙުސައިންއާ ވަނީ ޙަވާލުކުރައްވައިފައެވެ.

ހިސާން ޖޭއެސްސީއަށް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 81 މެންބަރުގެ ތާއީދާ އެކުގައެވެ. އިނގިރޭސިވިލާތުގައި ގާނޫނީ ދާއިރާއިން އިން މާސްޓާސް ފުރިހަމަކުރެއްވުމަށް ފަހު، ހިސާން ފުރަތަމަ ވަޒީފާ އަދާކުރެއްވީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...