އިންޑިޔާގެ ނޫސްވެރިއެއްގެ ޓްވީޓަކާއެކު ދިވެހިންގެ އެތައް ސުވާލުތަކެއް

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގެ މެމްބަރުން ހުވާ ކުރެއްވުމަށްފަހު އެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށާ ނައިބު ރައީސް ކަމަށް މެމްބަރުން އައްޔަންކުރެވިގެންދިޔައެވެ.

އެހާ ހިސާބުން ފެނިގެން ދިޔައީ ބާރުތައް ވަކިކޮށް ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ވެރިކަން އާއިލީ ވެރިކަމަކާ ގާތަށް ޖެހިލި މަންޒަރެވެ. އަދި ދިވެހި ސަރުކާރުގެ އިސް މަޤާމުތައް ބޭފުޅުން އައްޔަންކުރެވިގެން ދާއިރު ވަކި ޤައުމެއްގެ ބޭފުޅުން ހިތްޕުޅާ ވާގޮތަށް މަޤާމުތައް ހަމަޖެހެމުންދާ ކަމަށް ދިވެހި ރައްޔިތުން ތުހުމަތުވެސް ކުރަން ފެށިއެވެ.

ކޮންމެ އަކަސް ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހު ރައީސް ކަމަށް ކުރިގެ ރައީސް އަދި މައްޗަން ގޯޅީ މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އައްޔަނު ކުރެވުމާއެކު މަޖިލީހުގެ އެންމެ އިސް ކަމެއްގެ ގޮތުގައި ދެކިގެން ފާސްކުރި އެއް ކަމަކީ އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރުމަށް ފާސްކުރިކުރުމެވެ.

މަޖިލީހުގެ އަޣްލަބިއްޔާތުން އެކަން ފާސްކުރުމާއެކު އިންޑިޔާ ސަރުކާރުން މޯދީ ރާއްޖެ ވަޑައިގަންނާވެނ ދުވަހަކާ މެދު ދިވެހި ސަރުކާރާ މަޝްވަރާ ކުރެވި މި ހިނގާ ޖޫން މަހުގެ 7 ވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނެވެ. އަދި ޖޫން މަހުގެ 8 ވަނަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި އޭނާ ތަޤުރީރު ކުރައްވާގޮތަށް ހަމަޖެހުނެވެ.

މިއީ ޤައުމެއްގެ ބޮޑުވަޒީރަކު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވާ ފުރަތަމަ ފަހަރު ކަމަށްވިޔަސް މޯދީގެ މި ދަތުރުފުޅާ ގުޅިގެން ވަރަށް ތަފާތު އަޑުތައް ވަނީ ފެތުރިފައެވެ. އެގޮތުން އިންޑިއާ އާ ރާއްޖެ އާ ދެމެދު ވެވޭ ސިއްރު އެއްބަސްވުން ތަކެއްގައި ސޮއި ކުރާނެ ވާހަކައަކީ ވަރަށް ބާރަށް ދެކެވެމުން އަންނަ ވާހަކަތަކެކެވެ.

ކަން މިހެން ހުއްޓާ މިއަދު އިންޑިއާގެ ނޫސްވެރިއަކު ލިޔުނު ސްޓޭޓަސްއަކާ އެކު ދިވެހިންގެ ލޯތައް ތަރަ ތަރަ ޖަހައިގެން ދިޔައެވެ. އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ ރަޖިވް ޝަރުމާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ނަރެންދްރަ މޯދޫ ރާއްޖޭގައި ދެއްވާ ތަޤްރީރުގައި އިއުލާނު ކުރައްވާނެ ކަންކަމަށް ކެތް މަދު ވެފައި ހުރި ކަމަށާ އަދި ހޯމަ ދުވަހު އޭނާގެ ކުއްލި ޚަބަރުތަކަށް އިންތިޒާރުކުރުމަށް އެ ޓްވީޓުގައި ދައުވަތު ދީފައިވެއެވެ.

ރާޖިވް ޝަރުމާގެ އެ ޓްވީޓާއެކު އެތައް ދިވެހިން ތިބީ ކަންވާނެ ގޮތާ މެދު އިންތިޒާރުގައެވެ. އަދި މޯދީގެ އެ ތަޤުރީރުގައި އެކުލެވިގެންވަނީ ކޮންކަހަލަ ކަންތައް ތަކެއްކަމާމެދު ދިވެހިންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

އިންޑިއާ އާއި ރާއްޖެ އާ ދެމެދު ސިއްރު އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ ކަމުގެ ވާހަކަތަކެއް ދެކެވިފައިވާ މި ދަނޑިވަޅުގައި މިފަދަ ކަންކަމަކީ ދިވެހި ރައްޔިތުން ލޯ ހުޅުވާ ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަންތައްތަކެކެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ސަމް 03 ޖޫން 2019 - 20:29

    މައުލޫމާތު ކުއްކަމުގައި ނުވާނަމަ މަޖިލީހުގައި ތަޤުރީރު ކުރާ ފުރާ ފުރަތަމަ ބޮޑުވަޒީރަކީ ނަރެންދުރަ މޯދީއެއްނޫން.

ގުޅުން ހުރި
Loading...