އެމްބަސީ ޤުދުސްއަށް ބަދަލު ކުރަން ނިންމި ގައުމުތަކުން ދެވަނަ ވިސްނުމަކަށް ދާން ގޮވާލައިފި

އިޒްރޭލްގައި ހުންނަ އެމްބަސީތައް ޤުދުސްއަށް ބަދަލު ކުރަން ނިންމި ގައުމުތައް، ދެވަނަ ވިސްނުމަކަށް ދިއުމަށް އޯއައިސީގެ ސަމިޓްގައި ގޮވާލާފައިފިއެވެ.

މައްކާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ)ގެ ސަމިޓްގައި ބައިވެރިވި، އެޖަމިއްޔާގެ 57 ގައުމަކުން ވަނީ، އެމެރިކާއާއި އެއްގޮތަށް އިޒްރޭލްގެ ތެލްއަވީވްގައި ހުރި އެމްބަސީ ޤުދުސްއަށް ބަދަލު ކުރަން ނިންމި ގައުމުތަކަށް ފާޑުކިޔާފައެވެ. އެގޮތުން އޯއައިސީގެ ގައުމުތަކުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ވަނީ، އެމްބަސީތައް ގުދުސްއަށް ބަދަލު ކުރަން ނިންމި ނިންމުމަކީ، ޤާނޫނާއި ޚިލާފު، އަދި ޒިންމާދާރުކަން ކުޑަ ނިންމުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އަދި އެމްބަސީ ޤުދުސްއަށް ބަދަލު ކުރި ގައުމުތަކުން އެކަމާމެދު އަލުން ވިސްނުމަށްވެސް ސަމިޓްގެ ބައިވެރިން ގޮވާލާފައިވެއެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުތަކާއި ޙިލާފަށް އެމްބަސީ ބަދަލު ކުރި ގައުމުތަކާއި މެދުގައި ފިޔަވަޅު އަޅައިދިނުމަށްވެސް އޯއައިސީގެ މެމްބަރު ގައުމުތަކުން ވަނީ ގޮވާލާފައެވެ. ކުރިން ތެލްއަވީވްގައި ހުރި އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރީ 2018 ވަނަ އަހަރުގެ މެއި މަހުގައެވެ.

އެމެރިކާއަށްފަހު، ގުއަޓެމާލާ އަދި ޕެރެގުއޭ ފަދަ ގައުމުތަކުން ވަނީ، އެ ގައުމުތަކުގެ އެމްބަސީވެސް ގުދުސްއަށް ބަދަލުކޮށްފައެވެ. ގުދުސްއަކީ ފަލަސްތީނުގެ ތާރީހާއި ގުޅިފައިވާ، އަދި މުސްލިމުންނަށް މުހިންމު ސިޓީއަަކަށްވާއިރު، އެތަން އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން ނިންމި ނިންމުން އިސްލާމީ ގައުމުތަކުން ކުށްވެރިކުރޭ. އަދި ފަލަސްތީނުގެ ރައްޔިތުންވެސް ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...