އުރީދޫ ކަލަރ ރަން ޖޫން 28 ވަނަ ހުކުރު ދުވަހު އައްޑޫ ސިޓީގައި

އުރީދޫ ކަލަރ ރަން އަންނަ ޖޫންމަހު 28 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އުރީދޫއިން ބުނީ ކުރިން މި ދުވުން ބޭއްވުމަށް ހަމަޖެހިފައިއޮތީ ޖޫން 21 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް މިހާރު ކަލަރ ރަން ބާއްވަން ޖޫން މަހުގެ 28 ވަނަ ދުވަހަށް ބަދަލު ކުރީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އުރީދޫން ބުނީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތަކަށް ހެދުމުގެ އަމާޒުފައި ފެށި އުރީދޫ ކަލަރ ރަންގެ މަޤްބޫލުކަން އަހަރުން އަހަރަށް އިތުރުވެ، ރިކޯޑު އަދަދެއްގެ ދުވުންތެރިން ވަނީ ބައިވެރިވަމުން އަންނަ ކަމަށެވެ.

އުރީދޫ ކަލަރ ރަންގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށް އުރީދޫ އިން ބުނެއެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެކަމަށް އުރީދޫ އިން ހާމަކުރެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާލެވި، ވަރަށް ޚާއްޞަ އިނާމުތަކެއް ދެވޭނެކަމަށްވެސް އުރީދޫ އިން ބުނެއެވެ. އުރީދޫން ބުނީ ކަލަ ރަން ޖޫން 28 ވާ ހުކުރު ދުވަހު ހަވީރު ބާއްވާއިރު އެދުވަހު،ހެނދުނު ގަޑީގައި ކައިޓް ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އުރީދޫ ކަލާރ ރަން އައްޑޫގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫ މޯލޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރ ކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް އުރީދޫ އިން ހާމަކުރޭއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...