މުޚާޠަބު ކުރަންވީ ކޮންނަމަކުންބާ؟

ޤައުމެއްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ އިއްޒަތާ ކަރާމާތް ލިބިގެންވާ ބޭފުޅުންނެވެ. އެބޭފުޅުން ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ ޤައުމު އެކަމަށްޓަކައި އެ ބޭފުޅުންނާ މެދު ފަޚުރުވެރިވާނެ ކަންކަން ކަން ޔަގީނެވެ.

އެގޮތުން ދިވެހި ރާއްޖެއަށް ބަލާއިރު ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ޤާނޫނަކުން އިނާޔަތްތަކާ ރައްކާތެރިކަންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން އެ ބޭފުޅުންނަށް މުސާރައިގެ ގޮތުގައި އިނާޔަތް ލިބޭއިރު ސެކިއުރިޓިވެސް ބަލަހައްޓަން ބޭފުޅުންވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން އެ ބޭފުޅުންގެ އަނބިއަނބިކަނބަލުންނަށްވެސް އިނާޔަތް ލިބެއެވެ. އަދި ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނާ މުޚާޠަބުކުރާ އިރު ނުވަތަ އެ ބޭފުޅުންގެ ޚަބަރުތަކާ ވާހަކަތައް ގެނެސްދޭ އިރު އެބޭފުޅުންގެ ނަންފުޅުގެ ކުރިއަށް ކުރީގެ ރައީސް މި ލަފުޒު އަންނަ ޖެހެއެވެ.

އެހެންކަމުން މީގެ ކުރިން ޤައުމުގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ޚަބަރުތަކާ ވާހަކަތައް ގެންނަންއިރު އެ ބޭފުޅުންނާ މުޚާޠަބު ކުރަންވީ ގޮތާމެދު އެއްވެސް ޝައްކެތްނުއުފެދެއެވެ. ސަބަބުތަކެއް ވެސް ނެތިއެއް ނޫނެވެ. އެއީ މީގެ ކުރިން ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކު މަގާމުން ވަކިވެވަޑައިގެންނެވުމަށްފަހު ޤައުމުގެ އެހެން އެއްވެސް މަގާމެއް ފުރުއްވާފައިވާ ނުވާތީ އާ ވެސް އެކުއެވެ.

ނަމަވެސް ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ތިއްބެވި ބޭފުޅުންގެ ތެރެއިން މަޤަމުގައި ހުންނަވާ އިސްތިއުފާ ދެއްވި ބޭފުޅާ ރާއްޖޭގެ މަޖިލީހަށް ހޮވިވަޑައިގެން އަދި އެ މަޖިލީހުގެ ރައީސްކަމަށްވެސް ހޮވި ވަޑައިގެން އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށްވެސް ހޮވިވަޑައިގެންނެވުމުން ދެން އެ ބޭފުޅާއާ މުޚާޠަބު ކުރައްވާނެ ނަމަކާ މެދު އަޅުގަޑު ވިސްނާ ވިސްނާ ވަރުބަލި ވެއްޖެ އެވެ.

ހިތަށް އަރައެވެ. އެ ބޭފުޅާ އާ މުޚާޠަބު ކުރަންވީ ކޮން ނަމަކުންބާއެވެ؟ އިސްތިއުފާ ދެއްވި ރައީސް ތޯއެވެ؟ ކުރީގެ ރައީސް ތޯއެވެ؟ ނުވަތަ ރައްޔިތުންގެ މަޖިލިހުގެ ރައީސް މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު ތޯއެވެ؟ ނުވަތަ މިހާތަނަށް ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވައްކަން ސާބިތުވެފައިވާ ހަަމަ އެކަނި ރައީސްގެ ނަމުން ތޯއެވެ؟

ރައީސްކަން ކުރައްވާފައިވާ ތިއްބެވި ބޭފުޅުން ޤައުމުގެ މަޤާމުތަކަށް ކުރިމަތިލައްވަންޏާ ހައިޞިއްޔަތުވެސް އޮޅޭނެއެވެ. އެހެން ނޫންތޯއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ާއަފްލާ 30 މެއި 2019 - 23:40

    1 ޢެލެކްސް ނަޝީދު 2 ކުރީގެ ރައީސް 3 މަޖިލީހުގެ ރައީސް 4 ހާމުދޫރު ރައީސް 5 ހިންދޫ ރައީސް 6 ކުޑަ މޯދީ 7 ގެރި ރައީސް 8 ބަޖިޔާ ރައީސް 9 ތަޅުދަނޑި ރައީސް 10 ޖީ އެމްއާރ ރައީސް 11 ބޯކިބާ ރައީސް 12 ދޮގު ހަދާ ރައީސް 13 ދުންމާރި ރައީސް 14 ނަށާ ރައީސް 15 ޑިސްކޯ ރައީސް

  2. އަހައްމަ 30 މެއި 2019 - 17:49

    ކިޔާނީއިތްޒަތްތެރިރައީޟް

  3. އާސިއްޕެ 30 މެއި 2019 - 16:33

    ބޮޑު ވަގު ނަޝީދު

ގުޅުން ހުރި
Loading...