" އެންމެ ޤައުމަކަށް ބަރޯސާ ވާކަށް ނުޖެހޭ"

ރާއްޖެ އެންމެ ގައުމަކަށް ބަރޯސާވާން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން އެދި ސަރުކާރުން، މަޖިލީހަށް ހުށަހެޅި ހުށަހެޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމަކުން އެންމެ ގައުމަކަށް ބަރޯސާ ވާން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ރާއްޖެއިންވެސް އިންޑިއާގެ އިތުރުން އެހެން ގައުމުތަކާއެކު ގުޅުން ބަދަހި ކުރަންޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ޤަތަރާއި އެކީގައިވެސް ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި، އެހެންނަމަވެސް އެހެން އެކަން ވަމުން ނުދާކަން ޖާބިރު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ގައުމުތަކާއިއެކުވެސް ރާއްޖެއިން ގުޅުން ބަދަހި ކުރަން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއި އެކީގައި މާ ގާތް ގުޅުމެއް ބާއްވަމުން އަންނާތީ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

އެގޮތުން އިންޑިއާގެ އަޅުވެތި ކަމުގެ ދަށަށް ރާއްޖެ ދިއުމުގެ ބިރު އެބައޮތް ކަމަަށްވެސް އިދިކޮޅު ފަރާތްތަކުން ބުނޭ. އެވާހަކަތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިއްޔެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެއީ ސިޔާސީ ބޭނުމެއްގައި ބަޔަކު ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.

އެމޭރުމުން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އޭނާ އަކީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި، އެޕާޓީން ގެންގުޅެނީ "އިންޑިއާ ފަސްޓް" ނުވަތަ އެންމެ ފުރަތަމަ އިންޑިއާއަށް އިސްކަންދޭ ސިޔާސަތެއް ކަމަށެވެ. 

މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު، ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަކީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމުގައިވެސް އީވާ ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވިއިރު، މޯދީ ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރާއި މެދު ސިއްރު އެއްބަސްވުންތަކެއް އެކުލަވާލެއްވުމަށް ކަމަށް ވަނީ އަޑުފެތުރިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. Izumiya 30 މެއި 2019 - 15:41

    ތިކަލޭގެ އައިސް މަޖްލިސްގަ ހަރޭރާމާ ހަރޭކްރިޝްނާ ކިޔަސް އީޥާ ބުނާނެ އެއީ ލިބޭ ޝަރަފެކޭ ކޮންކަހަލަ ޝަރަފެއް ބޮޑުކާފަރަކު އަދި އެއީ ވެސް އެތައް މުސްލިމުންނެއްގެ މަރުގެ ފަހަތުގަ ހުރި މީހެއް ގެރިއަށް އިންސާނުންގެ ދަރަޖަ ދީގެން އުޅޭ ނުލަފާ މީހެެއް

ގުޅުން ހުރި
Loading...