ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ- ފީވަކު ކައުންސިލް

ށ.ފީވަކަށް ކަރަންޓް ނުލިބޭ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ޗެނަލް13އަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި ފީވަކު ކައުންސިލްގެ ރައީސް ހަސަން ޝުޖާއު ވިދާޅުވީ، އެރަށުގެ ކަރަންޓްގެ މައްސަލަ ހައްލު ނުވާތާ ހަމަސް ދުވަސްވެފައިވާ ކަމަށެވެ. އެގޮތުން ރަށަށް ކަރަންޓް ލިބެނީ ދެގަޑިން ދެގަޑިން ކަހަލަ ގޮތަކަށް ކަަމަށާއި، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އާ ޖަނަރޭޓަރެއް އެރަށަށް ލިބުމުން ކަމަށްވެސް ފީވަކު ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަމާއި ގުޅޭގޮތުން ފެނަކައަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދޭ ކަމަށާއި، ސަރުކާރުގެ ފަރާތުންވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ފީވަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުވާނެ ދުވަހެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެކަން ހައްލުކޮށްދިނުމަށް ފެނަކައާއި، މުޅި ސަރުކާރުވެސް ފެއިލްވެފައިވާ ކަމަށެވެ.

ފީވަކަށް ކަރަންޓް ލިބިމުގެ ދަތިކަން ކުރިމަތިވަމުން އަންނަތާ ހަމަސް ދުވަސްވެފައިވާއިރު، ދާދި ފަހުން އެރަށުގެ އިންޖީނުގޭގެ މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓް ކަނޑާލުމާއި ގުޅިގެން، އެރަށު ރައްޔިތުން ހިފާ ގެންގުޅޭ ސާމާނަށް ވަނީ ވަަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ އެކި ރަށްތަކުގެ ރައްޔިތުން ދަނީ ކަރަންޓް ކެނޑުމުގެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރަމުންނެވެ.

އެކަމާއި ގުޅިގެން ފެނަކައިގެ ކުރީގެ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ލައްމާންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ލަމްޢާން 26 މެއި 2019 - 16:56

    ކަރަންޓް މައްސަލަ ޚައްލުކުރުމަކީ ފެނަކައާއި ސަރުކާރުގެ ޒިއްމާއެއް، އެތައް ވަގުތެއް ކަރަންޓްނެތި ރައްޔިތުން ތަހައްމަލުކުރަންޖެހޭ ދަތިއުނދަގޫ އިޙްސާސްކުރެވޭ އެކަމާ ހިތާމަކުރަން. ނޮވެމްބަރ 17 2018 އާއި ހަމައަށް ކަރަންޓް 24 ގަޑި އިރުވަނީ ޔަޤީން ކޮށްފައި އެކަން މެއިންޓެއިން ނުކުރެވުން އެއީ މިހާރުގެ ސަރުކާރާ ފެނެކައިގެ އެއްމެއިސް ބޭފުޅުން ފެއިލްވުން، ރައްޔިތުން ބޭނުންވި ހެޔޮބަދަލަކީ މީތޯ؟؟؟

ގުޅުން ހުރި
Loading...