ބޯކޮށް ވާރޭވެހި ފެންބޮޑުުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި 24 މީހުން މަރުވެއްޖެ

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި ސައުވީސް މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޤައުމުގެ 34 ޕްރޮވިންސުގެ ތެރެއިން 6 ޕްރޮވިންސަކަށް ފެންބޮޑުވުމުގެ އަސަރު ވަނީ ކޮށްފައެވެ.

މިދިޔަ ދެ ދުވަހުގެ ތެރޭގައި ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 116 ގެދޮރަށް ގެއްލުންވެފައިވާއިރު، 220 ގެދޮރަށް ވަނީ ދިރި ނޫޅެވޭ ވަރަށް ގެއްލުންވެފައެވެ. އެ ކާރިސާގައި ބައެއް ޕްރޮވިންސްތަކުން ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިފައިވާއިރު، ބާމްޔާން ޕްރޮވިންސުން އެކަނި ވެސް 500 ވަރަކަށް މީހުން ވަނީ ސަލާމަތްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަފްޣާނިސްތާނުގައި މަރުވި މީހުންގެ އަދަދު 150 އަށް ވަނީ އަރާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...