ދިޕިކާ ބަނޑުބޮޑީތަ؟

ރަންވީރް ސިންހްއާއި ދިޕިކާ ޕަދުކޯން ކައިވެނި ކޮށްފައިވަނީ ނިމިގެން ދިޔައަހަރުއެވެ. އެދެތަރިންނަކީ ބީޓައުންގެ އެންމެ "ލޯބި" ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެދެމީހުންނާއި ބެހޭ ޚަބަރުތަކަށް ފޭނުންގެ އެހާ ބޮޑު ސަމާލުކަމެއް ލިބެނީވެސް އެސަބަބާއި ގުޅިގެންނެވެ.

އަނެއްކާވެސް މިއޮތީ އެދެމީހުންގެ ވާހަކައެކެވެ. އެކްޓަރު ރަންވީރް ކުރި ކަމަކުން ފޭނުންގެ ހިތްތަކުގައި މިވަނީ ވަރަށްވެސް ބޮޑު ސުވާލެއް އުފެދިފައެވެ. ރަންވީރް ވަނީ އިންސްޓެގްރާމްގެ އާ ފިލްޓަރ އެއް ބޭނުންކޮށްގެން "ބޭބީ ދިޕިކާ" ނުވަތަ ދިޕިކާގެ ކުޑައިރު ރަމްޒުކޮށްދޭ ފަދަ ފޮޓޯއެއް އިންސްޓެގްރާމް ކޮށްފައެވެ.



މި ފޮޓޯއަށް އެތައްހާސް މީހުންގެ ސަމާލުކަން މިވަނީ ލިބިގެންގޮސްފައެވެ. އެގޮތުން 15 ލައްކައަށްވުރެ ގިނަ ލައިކް އަދި 11،000 ކޮމެންޓް އެ ފޮޓޯއަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ރަންވީރް އިންސްޓަގްރާމް ކުރި ފޮޓޯ

ރަންވީރް އެ ފޮޓޯ ލުމުން އެއީ ދިޕިކާ ބަލިވެއިންކަން ހާމަކުރުމަށް އޭނާ ކުރި އިޝާރާތެއްތޯ ގިނަ މީހުން ކުރި ކޮމެންޓްގައި ވަނީ ސުވާލު އުފައްދާފައެވެ.

ދިޕިކާއާއި ރަންވީރްވެސް މީގެ ކުރިން ވަނީ އެދެމީހުން ދަރިން ބޭނުންވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް ދަރިއަކު ހޯދާނެ އިރެއް ނޭނގޭ ކަމަށްވެސް ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...