"ޓެކްސް ނުދައްކަން ޖީއެމްއާރްއަށް ލަފާދެއްވިތޯ ސާފުކޮށްދޭން ޖެހޭ"

އިންޑިއާގެ ޖީއެމްއާރު ކުންފުނިން ސަރުކާރަށް ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ލަފާ ދެއްވިތޯ ސާފުކޮށް ދެއްވަންޖެހޭ ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްއެވެ. 

ޖީއެމްއާރުން ރާއްޖެއަށް ޓެކްސްގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން މިދިޔަ އަހަރު ޖީއެމްއާރަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް މިހާތަނަށް ޖީއެމްއާރުން އެ ފައިސާ ދައްކާފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ލަފާ ދެއްވާފައިވަނީ ވެސް އެ ފައިސާ ސަރުކާރަށް ދެއްކުމަށެވެ. ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ދައްކަން ނުޖެހޭ ފައިސާ ކަމަށް މިހާރުގެ އެޓާނީ ޖެނެރަލް ރިފްއަތު ލަފާ ދެއްވިތޯ ސާފުކޮށްދެއްވަންޖެހޭ ޖެހޭ ކަމަށެވެ.

އުޝާމް ކުރެއްވި ޓްވީޓް


އުޝާމް ވިދާޅުވި ގޮތުގައި، ޖީއެމްއާރުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގަމުން ދިޔައިރު، އެ ކުންފުނީގެ ވަކީލެއްގެ ގޮތުގައި ވެސް ހުންނެވީ ރިފްއަތުއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރާއި ހަވާލުކޮށްފައި ވަނީ 28 ޖޫން 2010 ވަނަ އަހަރުއެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ފަހު، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ގައި ޖީއެމްއާރުގެ އެއްބަސްވުން އުވާލާފައިވަނީ ޖީއެމްއާރަށް އެއާޕޯޓު ހަވާލުކުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުން ދިޔުމާއި ގުޅިގެންނެވެ. އަނެއްކާވެސް އެމްޑީޕީން ރާއްޖޭގެ ވެރިކަމާއޮ ހަވާލުވެފައިވާއިރު، ޖީއެމްއާރުން ރާއްޖެއަށް ދައްކަން ޖެހޭ ފައިސާ ދިނުމަށް ސަރުކާރުން އެއްވެސް ވަރަކަށް ބާރު ނާޅާނެ ކަމަށް ގިނަ މީހުން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ާއަފްލާ 22 މެއި 2019 - 19:22

    މިރިއްފަތަކީ މަކަރާ ހީލަތުގެ ވެރިއެއް

ގުޅުން ހުރި
Loading...