ރޭޕްފަދަ މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅުން މުހިއްމު: ޝެއިޚް ޒައިދު

ރޭޕް ފަދަ މައްސަލަތައް ރަނގަޅަށް ބަލައި، ކުށްވެރިވާ ފަރާތްތައް ހޯދާ އަވަސް ފިޔަވަޅު އެޅުން މުހިއްމު ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އަލީ ޒައިދު މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓްެއްގަ. ރޭޕްގެ ކުށަކީ އިސްލާމީ ޝަރީޢަތުގައިވެސް ބޮޑު ކުށެއްކަމަށާއި އެފަދަ މައްސަލަތައް ރަނގަޅަށް ބަލައި، ކުށްވެރިވާ ފަރާތްތައް ހޯދާ އަވަސް ފިޔަވަޅު އެޅުން މުހިއްމު ކަމަށް ޝެއިޚް ޒައިދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޝެއިޚް ޒައިދު މިފަދަމޭރުމަކުން ޓްވީޓު ކުރައްވާފައި މިވަނީ ގދ. ތިނަދޫގައި މިދިޔަ ހަފްތާތެރޭގައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާއި ގުޅޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ 71 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާއިރު، މިނިސްޓްރީން ވަނީ އަންހެން ކުއްޖާގެ ބެލެނިވެރިކަން، ކުއްޖާގެ މަންމަގެ ފަރާތުން ނަގާފައެވެ.

ރަށުގެ ބައެއް ރައްޔިތުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވެނީ ކުއްޖާގެ މަންމަގެ ލޯބިވެރިޔާއަށް ކަމަށެވެ. އެ މައްސަލައިގެ ތުހުމަތު އެ އަންހެން ކުއްޖާގެ ދެ ބޭބެ އަށްވެސް ކޮށްފައިވާއިރު އޭގެ ތެރެއިން އެއް ބޭބެގެ އުމުރަކީ 16 އަހަރު އަދި އަނެއް ބޭބެގެ އުމުރަކީ 13 އަހަރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...