މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އައިޖީއެމްއެޗްއަށް އާ ޚިދުމަތެއް ތައާރަފް ނުކުރެވޭ: ނާޒިމް

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް

ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި އެއްވެސް އާ ޚިދުމަތެއް ތައާރަފުކޮށްފައި ނުވާ ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އާ ޚިދުމަތެއް ތައާރަފްކޮށްފައި ނުވާ ކަމަށެވެ. އަދި އާ ޚިދުމަތެއް ތައާރަފް ކުރަން އޮތް ޕްލޭނަކީ ކޮބައިތޯ ވެސް ނާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.

ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ގެނައި ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ، 2013 ވަނަ އަހަރު ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކޮންމެ 10،000 މީހުންގެ އާބާދީއަކަށް ތިބީ 16 ޑޮކްޓަރުން ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އެމަނިކުފާނު ރާއްޖޭގެ ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު، ކޮންމެ 10،000 މީހުންގެ އާބާދީއަކަށް ތިބި ޑޮކްޓަރުންގެ އަދަދު 26 އަށް އިތުރުވެފައިވާ ކަމަށް ނާޒިމް ވިދާޅުއެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިއެރުން ގެނައުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކުރަމުންދާ މަސައްކަތަކީ މިދިޔަ ސަރުކާރުން ކަންކަން ނުކުރާ ކަމަށް ދައްކަން އުޅުން ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުން ޤަބޫލު ކުރާނެ ވާހަކަތަކެއް ނޫން ކަމަށާއި ހަމައެކަނި އައިޖީއެމްއެޗްއަށް ބަލާލި ކަމުގައި ވިޔަސް މިދިޔަ ސަރުކާރުން ގެނައި ކުރިއެރުންތައް ފެންނާނެ ކަމަށް ނާޒިމް ވިދާޅުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ރައްޔިތު 22 މެއި 2019 - 14:46

    އަދިވެސް އާ ޚިދުމަތޯ، މިހާރު ދޭ ޚިދުމަތް ރަަގަޅުކޮށް ރައްޔިތުންގެ އިތުބާރު ހޯދަންވީ. ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ތި ވިދާޅުވަނީ މި ސަރުކާރުން އެއްކަމެއްވެސް ނުކުރެޔޭ ތޯ؟

ގުޅުން ހުރި
Loading...