މާބަނޑު އަންހެން ކުއްޖާ މަރާލީ ފޮޓޯ އަލްބަމެއް ދައްކައިގެން"

މާލެންގެ ތަސްވީރެއް

މިދިޔަ އޭޕްރީލްމަހުގެ 23 ވަނަ ދުވަހު އެމެރިކާގެ ޝިކާގޯގައި އުމުރުން އެންމެ 19 އަހަރުގެ މާބަނޑު އަންހެންކުއްޖަކު މަރާލި ޚަބަރުވީ ބޭރުގެ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި، ހިތާމަވެރި ޚަބަރަކަށެވެ.

ކައިވެނިކޮށްގެން އުޅޭ މާލެން އޮޗޮއާ ލޮޕޭޒް ނަމަކަށް ކިޔާ އެއަންހެންކުއްޖާ މަރާލިއިރު އޭނާގެ އުމުރުން 3 އަހަރުގެ ފިރިހެން ކުއްޖެއްވެސް ހުރެއެވެ. ބަނޑަށް ނުވަ މަސްވެފައިވަނިކޮށް މާލެން މަރާލީވެސް ފިރިހެން ދަރިއަކަށް ބަލިވެއިންދައެވެ. މާލެން މަރާލުމަށްފަހު ބަނޑުގައި އޮތް ދަރިފުޅު ވަނީ ނަގާފައެވެ. އެކުއްޖާގެ ހާލު އަދިވެސް ސީރިއަސް އެވެ.

މާލެންގެ ފިރިމީހާއާއި، އޭނާގެ ބަނޑުން ނެގި ދަރިފުޅު


ޝިކާގޯ ފުލުހުންގެ ތަހުގީގަށް އެންމެ ފަހުން އެނގިފައިވާގޮތުން މާލެން މަރާލާފައިވަނީ، ފިރިހެން ދަރިއަކު ބޭނުންވެގެން އުޅުނު އުމުރުން 46 އަހަރުގެ އަންހެނެކެވެ. އޭނާ ވަނީ މާލެންއަށް ތުއްތު ކުދިންލާ ހެދުންތަކެއް ހިލޭ ހަދިޔާ ކުރާނެ ކަމަށް ބުނެ، އޭނާގެ ގެއަށް މާލެން ގެނެސްފައެވެ.

އަދި ފޮޓޯ އަލްބަމެއް ދެއްކުމަށްފަހު، އެބަލަން އިން ވަގުތު އޭނާގެ ފަހަތުން އައިސް ކަރުގައި ކޭބަލް އެއް ބަނދެގެން މާލެން މަރާލަން މަސައްކަތް ކުރި ކަމަށް ތަހުގީގަށް ވަނީ ކިޔާދީފައެވެ. އެހެންނަމަވެސް މާލެން ވަނީ އޭނާގެ އަތުން އެކޭބަލް އޭނާގެ ކަރުން ދުރުކޮށް ސަލާމަތްވާން މަސައްކަތް ކޮށްފައެވެ.

އެއާއެކު މާލެން މަރާލީ ކަރުގައި ހިފައިގެންނެވެ. އެކަމުގައި އެ އަންހެން މީހާއަށް އެހީތެރިވީ އޭނާގެ އުމުރުން 24 އަހަރުގެ އަންހެން ދަރިފުޅެވެ. އަދި މާލެންގެ މަރާލާފައިވާ ހަށިގަނޑު ފޮރުވަން އެހީތެރިވެފައިވަނީ އެ އަންހެން މީހާގެ ލޯބިވެރިޔާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...