ލަޔާލްއަށް އަލީ ރަމީޒުގެ ތައުރީފް

ޗެނަލް13ގެ ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކު ސިޔާސީ ދާއިރާއިން ދުރަށް ދާން ވިސްނުމުން ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު އޭނާއަށް ތައުރީފުކޮށްފިއެވެ.

އަލީ ރަމީޒު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ލަޔާލްގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ. އަދި މާތްﷲ ލަޔާލްއަށް ސާބިތުކަން ދެއްވުމަށް އެދޭ ކަމަށްވެސް އަލީ ރަމީޒް ވަނީ ބުނެފައެވެ.

ލަޔާލްއަށް ތައުރީފުކޮށް އަލީ ރަމީޒު މިއަދު ކުރި ޕޯސްޓް.

ލަޔާލް ސިޔާސީ ދާއިރާއިން ދުރަށްދާން ނިންމާފައިވާކަން ހާމަކުރީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތަށް ނިންމީ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ކަމަށް ލަޔާލް ވަނީ ބުނެފައެވެ.

ސިޔާސީ މައިދާނުން ދުރަށް ދިޔުމަށްފަހު ލަޔާލް މިހާރު ބުރުގާ އަޅާފައިވާ ކަމަށް އޮންލައިން ނޫހެއްގައި ވަނީ ބުނެފައެވެ. އެކަމާއި ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް 13ނިއުސްއިން ލަޔާލްއަށް ގުޅަންކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...