ހިތަދޫ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ހޯދައިދިނުމަށް އެދި ވިޔަފާރިވެރިންނަށް ސަލާން ޖަހަން ފަށައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް.

އައްޑޫ ސިޓީއަކީ ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ސިޓީއެވެ. އެ ސިޓީގެ ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ އެތައް ޚިދުމަތަކުން އެ ރައްޔިތުން މިއަދު ވަނީ މަހްރޫމުވެފައެވެ. އައްޑޫގެ ރައްޔިތުންގެ ބޭނުން މިއަދު ސަރުކާރުން ކޮންމެ އިންތިޚާބަކާއި ދިމާކޮށް ހިފަމުންދާ ވާހަކައަކީ މިހާރު އެ ސިޓީގެ ރައްޔިތުން ޤަބޫލު ކުރާ ހަގީގަތެކެވެ.

އެމްޑިޕީން އައްޑޫ ރައްޔިތުން ދެކެނީ ވޯޓުލާ މެޝިންތަކެއްގެ ގޮތުގައި ކަމަށާ ވޯޓެއް ބޭނުންވެއްޖެ ނަމަ އެންމެ ފުރަތަމަވެސް އެމްޑީޕީއަށް ފެންނާނީ އައްޑު ރައްޔިތުން ކަމަށް އެ ސިޓީގެ ރައްޔިތުންނަށް ގަބޫލު ކުރެވެން ފަށައިފިއެވެ. ޚިދުމަތެއް ފޯރުކޮށްދޭން ޖެހިއްޖެނަމަ އައްޑޫ ރައްޔިތުން އޮންނަނީ ގުނުމުގައިވެސް ނުހިމެނިފައި ކަމަށް މިއަދު އެރައްޔިތުން ބުނެއެވެ.

ކޮންމެއަކަސް އެމްޑީޕީ ރާއްޖޭގެ ވެރިކަމާއި ހަވާލުވި ފަހުން އެންމެ ބާރަށް އިވޭ އެއް އަޑަކީ އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވެ ހޮސްޕިޓަލުން ލިބެން ޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ލިބެމުން ނުދާ ވާހަކައެވެ. އެގޮތުން ހޮސްޕިޓަލުގައި ޑޮކްޓަރުން ހަމަ ނުވުމާ އަދި ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒްތައް ހަމަނުވުމާ އަދިވެސް އެކަހަލަ ކިތަންމެ ކަމެއް ފާހަގަކުރެވެއެވެ. އެގޮތުންބަލާއިރު ދާދި ފަހުންވެސް ވަނީ ހިތާމަވެރި ޙާދިސާއެއް ހިނގާ ތުއްތު ކުއްޖެއްގެ ފުރާނަ މިދުނިޔެ އާ ވަކިވެފައެވެ.

ހޮސްޕިޓަލުގައި އިންކިއުބޭޓަރ އެއް ނެތިގެން އަލަށް އުފަންވި އެ ތުއްތު ކުއްޖާ ނިޔާވީ މާލެ ގެނައުމުގެ މަގުމަތީގައެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ، ނިއުބޯން އިންސެންޓިވް ކެއަރ ޔުނިޓެއް ހުންނަ ހޮސްޕިޓަލަކަށްވާއިރު އެތާގައި އިންކިއުބޭޓަރ އެއް ނެތުމަކީ ވަރަށް ދެރަވަރުކަމެއް ކަމަށް ޞިއްހީ އެތައް ބޭފުޅުންނެއް ފާހަގަކުރައްވައެވެ.

 ކޮންމެ އަކަސް އެ ހާދިސާއާއި ގުޅިގެން އެރަށުގެ ރައްޔިތަކު ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މާލެ މީހުން އައްޑޫއަށް ހެވެއް ނޭދޭނެ ކަމަށް. އަދި އައްޑޫގެ ޅަދަރިން ސަލާމަތްކުރުމަށްޓަކައި ބޭބީ އިންކިއުބޭޓަރ ތަކެއް ހިތަދޫ ހޮސްޕިޓަލަށް ހޯދައިދެއްވުމަށް އާދޭހާއި އެކު ދަންނަވާ ކަމަށެވެ. ތަފާތު އެކި އިންކިއުބޭޓަރތަކުގެ އަގާއެކު ފޮޓޯ ހިމަނާ ކޮށްފައިވާ މި ޕޯސްޓު ފެނުމުން ދެލޯ ކަރުނުންފުރި ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.

ޤައުމުގެ ރައްޔިތުން ޞިއްހީ ޚިދުމަތަށްއެދި ފެންބޮވައިގަނެ އެ ކަރު ހިއްކުން ފިލުވަން ދާއިރާގެ ވިޔަފާރިވެރިންނަށް ސަލާން ޖަހަމުންދާއިރު، ޞިއްހީ ވުޒާރާ ބަލަހައްޓަވާ ވަޒީރު ކޮބައިބާއެވެ؟ އެބޭފުޅާގެ ޒިންމާތަކުގެ ތެރޭގައި ހިތަދޫ ހޮސްޕިޓަލް ނުހިމެނެނީބާ؟ އާދެ އެމަނިކުފާނު ހުންނެވީ މިހާރުވެސް ރާއްޖޭއިން ބޭރުގައެވެ. ކޮންމެވެސް ކޮންފަރެންސްއަކަށް ވަޑައިގެންނެވެ. ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމުގެ ބަދަލުގައި ބައިސާ ކަނޑަމުން ކަރަކަރައިން ދުވި އަކަސް އަދި ނުފުދޭނެއެވެ.

އައްޑޫ ރައްޔިތުންނަށް އާ ހޮސްޕިޓަލެއް އަޅާދޭން ނުފެނުއިރު ހުރި ތަނަށް ޒަމާނީ ވަޞިލަތްތަކާ އިންސާނީ ވަޞީލަތް ހޯދާ ހަމަކޮށްދެއްވިއްޔާ މާރަނގަޅު ނޫންތޯއެވެ. އައްޑޫގެ ރައްޔިތުން ޚިދުމަތްތައް ހޯދަން ސަލާން ޖަހަން ޖެހެނީ ދާއިރާގެ ވިޔަފާރިވެރިންނަށްތޯއެވެ؟ ކޮންމެ އިންތިޚާބަކާއި ދިމާކޮށް އެމްޑިޕީ މީހުންނަށް އައްޑޫ ރައްޔިތުން ފެންނައިރު ޚިދުމަތްތައް ފޯރުކޮށްދެއްވަން ވީމާ އައްޑޫ ރައްޔިތުން އެކަހެރި ކުރުމަކީ އިންސާފެއް ނޫނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. މުހަނު 21 މެއި 2019 - 14:59

    ރައީސް ޔާމީނުގެ ޒަޢާމަތުގައި ފަށާފައިވާ އައްޑޫ ޓާޝިއަރީ ހޮސްޕިޓަލް ބަލާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. މަސައްކަތުގެ %90 ނިމި ހުޅުވުމާ ގާތްވެފައި ވީނަމަވެސް ސަރުކާރުން މިހާރު އެމަސައްކަތް ލަސްކުރުވަނީ 100ދުވަސް ނުފުރޭ ސަރުކާރުން ކުރި މަސައްކަތެއް ކަމަށް ދައްކަން ވެގެން ކަމަށް އައްޑޫ ރައްޔިތުން ހިތާރޫހުން މިހާރު ޤަބޫލުކުރެވޭނެ

  2. މުހަނު 21 މެއި 2019 - 14:50

    ސަލާމް ހިތަދޫ ހޮސްޕިޓަލަށް ބޭނުންވާވަރަށް އިންކިއުބޭޓަރ ހުންނަންޖެހޭނެ. ރައީސް ޔާމީނުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ ސިއްޙީދާއިރާގެ ކުރިއެރުންތައް ހަމަލޮލަށް ފެނުނު ފަރުދެއްގެ ހައިސިއްޔަތުން ބުނެލަންއޮތީ އާއިއެމްއެޗް ފިޔަވައި ދައުލަތުން އެންމެ ބޮޑު ޚަރަދުކޮށްގެން ހިންގި ހޮސްޕިޓަލުގައި 2018 ނޮވެމްބަރު 17އާއި ހަމައަށް އައިއިރު އިންފޭންޓް އިންކިއުބޭޓަރ ހުންނާނެޔޭ. ތިވާނީ މަޖިލިސް ކޮމްޕޭނަށް ކޮންމެވެސް ސިއްޙީމަރުކަޒެއް ޓާޝިއަރީ ކުރުމަށް ގެންދިޔައީ ކަމަށް.

ގުޅުން ހުރި
Loading...