ލެކްޓޯޖަން ރާއްޖެ އެތެރެ ކުރުން ހުއްޓުވާފައެއް ނުވާނެ: ކަސްޓަމްސް

ތުއްތު ކުދިންނަށް ދޭ ކިރުގެ ބާވަތެއް ކަމަށްވާ ލެކްޓޯޖަންގެ ޝިޕްމަންޓެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަރުޙަލާގައި ނައްތާލަން ނިންމާފައިވާ ނުވާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ އެ ބާވަތުގެ ޝިޕްމެންޓެއް އެއްވެސް ސަބަބަކާހެދި މިހާތަނަށް ހިފަހައްޓަން ނުވަތަ ނައްތާލަން ނިންމާފައެއް ނުވާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް "ލެކްޓޯޖަން" ގެ ބާވަތްތައް މައިގަނޑުގޮތެއްގައި އިމްޕޯޓްކުރަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެ ކުރާ އެއް ކުންފުންޏަކުން ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ. އޭގެ އިތުރުން 2016 ވަނަ އަހަރުގެ ފަހުން އެތަކެތި އެހެން ފަރާތަކުން އިމްޕޯޓްކޮށްފައެއް ނުވާކަމަށްވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

ލެކްޓޯޖަންއާއި ގުޅިގެން ފެންމަތިވި އެ މައްސަލައިގައި ޝަކުވާ ލިބިފައިވާ މުދަލުގެ ސާމްޕަލްގައި ލޭބަލް ހަރުކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަޑާއި އެއްގޮތަށްކަން ވެސް ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...